ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 12:37
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން
ޔުނާން ޕްރޮވިންސް ގަވަރމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
22 މާރޗު 2023 ވާ ބުދަ ދުވަހު 10:30 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ
 
ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީގެ ލެވަލްގެ ކޯސްތަކަށް އެޕްލައި ކުރެވޭނެ

ޔުނާން ޕްރޮވިންސް ގަވަރމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޔުނާން ޔުނިވަރސިޓީ، ޔުނާން މިންޒު ޔުނިވަރސިޓީ އަދި ޔުނާން ނޯމަލް ޔުނިވަރސިޓީން ހުޅުވާލި މިފުރުސަތުގައި ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީގެ ލެވަލްގެ ކޯސްތަކަށް އެޕްލައި ކުރެވޭނެ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވާންޖެހޭ ކަމަށާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖެހޭ ކަމަށެވެ. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝޫރެންސް އަދި ލިވިންގ އެލަވަންސް، ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ. ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ ހަޔަރ އެޑިޔުކޭޝަންގެ ފަރާތުންނެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ 22 މާރޗު 2023 ވާ ބުދަ ދުވަހު 10:30 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށާއި، ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެއް ކަމަށެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ. އަދި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް