ޕޮލިއުޝަން ރީޑިން ރެކޯޑް މިންވަރަކަށް މަތިވެ، އިންޑިއާގެ ނިއު ދިއްލީ ވިހަ ދުމުން ފޮރުވިފައި

18 ނޮވެންބަރ 2024 | ހޯމަ 18:12
-
1043
ވައި ތަޣައްޔަރުވާ މިންވަރު މި ސީޒަނުގައި އެންމެ ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން އިންޑިއާގެ ވެރިރަށުގައި ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން ހުއްޓާލައިފި އެވެ.
އިންޑިއާގެ ވެރިރަށުގައި ހުންނަ މުގަލް ޒަމާނުގެ ރަތް ކިއްލާ ސަރަހައްދުގައި ދުމުގެ އަސަރުކޮށްފައި - ފޮޓޯ: އޭއެފްޕީ
ދިއްލީގެ ކުރީގެ ކުއާޓާތަކުގައި ފަތުރުވެރިން ޖާމާ މިސްކިތަށް ޒިޔާރަތްކުރަނީ - ފޮޓޯ: އޭއެފްޕީ
ވެރިރަށް ދިއްލީގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ދިއްލީ އާއި ޗަންދީގަރްގެ ވިޒިބިލިޓީ 100 މީޓަރު (109 ޔާޑު) އަށް ވެއްޓިފައިވޭ - ފޮޓޯ: އޭއެފްޕީ
ދިއްލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުރިހާ ސްކޫލެއްގައި ވެސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް އަންގާ، އިމާރާތް ކުރުމުގެ ހަރަކާތްތަކާއި ވެހިކަލް ދުއްވުން ފަދަ ފިޔަވަޅުތައް ހަރުކަށިކޮށްފައި - ފޮޓޯ: އޭއެފްޕީ
ދުމާއި ފޮގް އެކުލެވޭ ވިހަ މިކްސްއެއް ކަމުގައިވާ މި ސްމޮގް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ދިމާވަނީ ގަވައިދާ ހިލާފަށް ދަނޑުތަކުގައި ރޯވާ އަލިފާނުގެ ސަބަބުން އުފެދޭ ކުނި، އެމިޝަން އަދި ދުމުގެ ސަބަބުން - ފޮޓޯ: އޭއެފްޕީ
ނިއު ދިއްލީގެ އެތައް ސަތޭކަ އަހަރެއްވީ ލޯދީ ބަގީޗާގައި މީހުން ކަސްރަތު ކުރަނީ - ފޮޓޯ: އޭއެފްޕީ