މިޔަންމާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވުން

14 ސެޕްޓެންބަރ 2024 | ހޮނިހިރު 19:18
-
593
މިއަހަރު އޭޝިއާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ތޫފާން ޔާގީގެ ސަބަބުން މިޔަންމާގައި މޫސުން ގޯސްވެ އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެއެވެ.
މިޔަންމާގައި ފެންބޮޑުވުން - ފުލުހުން ޕިންމަނަ އަވަށުގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުން އުފުލަނީ - ފޮޓޯ: އޭއެފްޕީ
މިޔަންމާގައި ފެންބޮޑުވުން - ވިއެޓްނާމް، ލާއޯސް، ތައިލެންޑް އަދި މިޔަންމާގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާ ކުރިމަތިލާން ޖެހިފައިވާއިރު، މިދިޔަ ހަފުތާ ބަންދުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުނު - ފޮޓޯ: އޭއެފްޕީ
މިޔަންމާގައި ފެންބޮޑުވުން - މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ ވަށައިގެން 366 އަކަ ކިލޯމީޓަރު (141 އަކަ މޭލު) އިތުރު ސަރަހައްދެއް ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް އެނަލިސިސްތަކުން ދައްކާ - ފޮޓޯ: އޭއެފްޕީ
މިޔަންމާގައި ފެންބޮޑުވުން - މިދިޔަ ބުރާސްފަތި ދުވަހު ނޭޕިޑޯގެ ވަށައިގެންވާ ގާތްގަނޑަކަށް 162 އަކަ ކިލޯމީޓަރު (62 އަކަ މޭލު) ގެ ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ ކަމަށް އދ.ގެ އެހީތެރިކަން ލިބިފައިވާ މިޔަންމާ އިންފޮމޭޝަން މެނޭޖްމަންޓް ޔުނިޓުގެ ސެޓެލައިޓް އިމޭޖަރީ އެނަލިސިސް އިން ދައްކާފައިވޭ - ފޮޓޯ: އޭއެފްޕީ
މިޔަންމާގައި ފެންބޮޑުވުން - މިޔަންމާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 36 މީހުން މަރުވެފައިވާއިރު، ގެދޮރު ގެއްލިފައިވާ 3،600 މީހުންގެ ތެރެއިން ބައެއް މީހުން ބޯޓުފަހަރުގައި ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވޭ - ފޮޓޯ: އޭއެފްޕީ
މިޔަންމާގައި ފެންބޮޑުވުން - މިޔަންމާގެ ނެޕިޑޯ ސަރަހައްދުގެ ޕިއިންމާނާގައި ފެންބޮޑުވުމުގެ ސަބަބުން، ބޯޓެއްގައި މީހުން ދަތުރު ކުރަނީ - ފޮޓޯ: އޭއެފްޕީ