އިޒްރޭލުން ދިން ހަމަލާތަކާއެކު ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ބޮޑު ހަރަކާތެއް ފެށުން

1 ސެޕްޓެންބަރ 2024 | އާދީއްތަ 17:41
-
1166
މި ކެމްޕޭން އިއުލާނުކުރީ މިދިޔަ މަހު ޣައްޒާއިން 25 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕޯލިއޯ ކޭސް ފެނުމާ ގުޅިގެންނެވެ.
ހޮނިހިރު ދުވަހު މަދު އަދަދެއްގެ ވެކްސިންތަކާއެކު ފެށި މި ކެމްޕޭނުގެ އަމާޒަކީ ގާތްގަނޑަކަށް 640،000 ކުދިންނާ ހަމައަށް ވާސިލްވުން - ފޮޓޯ: އަނަޑޯލޫ
ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި އުމުރުން 10 އަހަރުން ދަށުގެ ފަލަސްތީނުގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދެނީ - ފޮޓޯ: އަނަޑޯލޫ
ޣައްޒާގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ދިއުމުގެ ކުރިން ބުދަ ދުވަހާ ހަމައަށް ޣައްޒާގެ މެދުތެރޭގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައި - ފޮޓޯ: އަނަޑޯލޫ
އަޒް ޒަވައިދާގައި ޕޯލިއޯ އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ފަލަސްތީނުގެ ކުއްޖެއްގެ އިނގިލީގައި ސިއްހީ ހިދުމަތްތެރިއަކު ނިޝާން ޖަހަނީ - ފޮޓޯ: އޭއެފްޕީ
ޑަބްލިއުއެޗްއޯއިން ބުރާސްފަތި ދުވަހު ބުނީ ކެމްޕޭނަށް މަގުފަހިކުރުމުގެ ގޮތުން ހަމަލާތައް ލިމިޓުކޮށް، މެދުކަނޑާލުމަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ މެދުތެރޭގައި އޮންނަ އަޒް ޒަވައިދާގައި ފަލަސްތީނުގެ ކުޑަ ކުއްޖަކަށް ސިއްހީ ހިދުމަތްތެރިއަކު ޕޯލިއޯ ވެކްސިން ދެނީ - ފޮޓޯ: އޭއެފްޕީ