ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރުން

19 އޯގަސްޓް 2024 | ހޯމަ 18:42
-
843
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މީހުން އަންނަނީ މުޒާހަރާކުރަމުންނެވެ.
ޖޯޖިއާގެ އެޓްލާންޓާގައި ހުންނަ ޖޯޖިއާ ސްޓޭޓް ކެޕިޓަލްގެ ބޭރުގައި ބޭއްވި "ނޮޓް އަނަދަރ ބޮމް" އެއްވުމުގައި ފަލަސްތީނަށް ތާއީދުކުރާ މީހުން - ފޮޓޯ: އީޕީއޭ
ޑެންމާކުގެ ކޯޕަންހޭގަންގައި އާދީއްތަ ދުވަހު ބޭއްވި "މިނިވަން ފަލަސްތީނަށް ޓަކައި އެންމެން މަގުމައްޗަށް" މުޒާހަރާގައި ބައިވެރިވި މީހުން - ފޮޓޯ: އީޕީއޭ
ކެނެޑާގެ އޮޓާވާގައި އާދީއްތަ ދުވަހު ބޭއްވި މުޒާހަރާގައި "ފަލަސްތީން މިނިވަން ކުރަންވީ ވަގުތު" ކަމަށް ބުނާ ނިޝާނެއް ހިފައިގެން މުޒާހަރާގެ ބައިވެރިއަކު - ފޮޓޯ: އަނަޑޯލޫ
ޓިއުނީޝިއާގެ ތޫނިސްގައި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެމެރިކާ އެމްބަސީ އިމާރާތް ކުރިމައްޗަށް މީހުން އެއްވެ - ފޮޓޯ: އަނަޑޯލޫ