ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް އުއްމީދާއި އުފާވެރިކަން

5 ސެޕްޓެންބަރ 2024 | ބުރާސްފަތި 14:40
-
812
ތަފާތު ނުކުޅެދުންތެރިކަން ހުންނަ 300 އަށް ވުރެ ގިނަ އެތުލީޓުން 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އިވެންޓުގައި ތަފާތު 14 ކުޅިވަރެއްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - މި މެޗު ނިމުނީ 5-2 ގެ ނަތީޖާއަކުން އަލް ރުވާދު މޮޅުވެ އަލް ތަހައްދީ މުބާރާތުން ކަޓައިގެން. ޔޫސުފް "ވަރަށް އުނދަގޫ މެޗެއް" ގެ ގޮތުގައި ސިފަކުރި މެޗުން ބަލިވުމުން ވަރަށް ބޮޑަށް މާޔޫސްވި ނަމަވެސް ހުރިހާ އުއްމީދެއް ގެއްލިފައެއް ނުވާ ކަމަށް އޭނާ ބުނި - ފޮޓޯ: އަލް ޖަޒީރާ
ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - ފުރަތަމަ މެޗުގައި އަލް ތަހައްދީ ވާދަކުރީ މުބާރާތުގެގެ ޗެމްޕިއަންކަން ހޯދުމުގެ އެންމެ ވާދަވެރި އެއް ޓީމާ ދެކޮޅަށް - ފޮޓޯ: އަލް ޖަޒީރާ
ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - ވާދަވެރިންގެ ތެރޭގައި ކުރީގެ ބައިނަލްއަގުވާމީ ޕެރަލިމްޕިކް ޗެމްޕިއަނުން ހިމެނޭއިރު، އޭގެ ތެރޭގައި 2009 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންގެ ވޯލްޑް ޕަވާލިފްޓިން މުބާރާތާއި 2010 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގައި ވެސް ވާދަކުރި ހަމްޑޯ ސައްލަޓް ހިމެނޭ - ފޮޓޯ: އަލް ޖަޒީރާ
ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - ވައިލެޓް ޖަމިއްޔާގެ އޮފިޝަލެއް ކަމަށްވާ އިބްރާހީމް ސަރްމޭނީ ވިދާޅުވީ މި 333 ހީރޯއިން ވާދަކުރާނީ ސީރިއާގެ ހުޅަނގު އުތުރުގެ ފަސް ތަނެއްގައި ކަމަށާއި އޭގެ ތެރޭގައި ސްވިމިން ޕޫލާއި ސްޓޭޑިއަމް އަދި އިންޑޯ ހޯލް ހިމެނޭ ކަމަށް - ފޮޓޯ: އަލް ޖަޒީރާ
ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ ޕެރަލިމްޕިކް ގޭމްސްއަށް ދުނިޔޭގެ މަޝްހޫރު އެތުލީޓުން ތައްޔާރުވަމުން ދަނިކޮށް ޔޫސުފް އާއި އަލް ތަހައްދީ ވަނީ ސީރިއާގެ ހުޅަނގު އުތުރުގެ އެންޖީއޯއެއް ކަމަށްވާ ވައިލެޓް އިން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ލޯކަލް ޕެރަލިމްޕިކްސްގައި ބައިވެރިވެފައި - ފޮޓޯ: އަލް ޖަޒީރާ
ސީރިއާ ޕެރަލިމްޕިކް ކުޅިވަރުތައް - ޔޫސުފް އެނބުރި ފުޓުބޯޅަ ދަނޑަށް ނުކުތް ދުވަހަކީ އޭނާގެ ހަނދާނުގައި ހަރުލާފައިވާ ދުވަހެއް ގޮތުގައި އޭނާ ސިފަ ކުރި - ފޮޓޯ: އަލް ޖަޒީރާ