ޕެރިސް އޮލިމްޕިކްސް 2024 - އެންމެ ފާހަގަކޮށްލެވޭ ހަތް ފޮޓޯ

11 އޯގަސްޓް 2024 | އާދީއްތަ 23:33
-
1075
2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް ނިމެން ކައިރިވަމުން އަންނައިރު ބީބީސީން ވަނީ ކުޅިވަރުތަކުން ނަގާފައިވާ އެންމެ ހިތްގައިމު ފޮޓޯތައް އާންމުކޮށްފައެވެ.
ޕެރިސް އޮލިމްޕިކްސް 2024 - ފިރިހެން އިންޑިވިޖުއަލް ޓްރައިތެލޯންގެ ފިނިޝިން ލައިންގައި ހެއިޑެން ވައިލްޑް، އެލެކްސް ޔީ، ޕިއޭ ލެ ކޯރޭ އަދި ޖޮއާއޯ ބަޓިސްޓާ - ފޮޓޯ: ރޮއިޓަރސް
ޕެރިސް އޮލިމްޕިކްސް 2024 - ފިރިހެނުންގެ ސިންކްރޮނައިޒްޑް 3 މީޓަރު ސްޕްރިންގްބޯޑް ޑައިވިންގެ ފައިނަލުގައި އިނގިރޭސިވިލާތުގެ އެންތަނީ ހާޑިން އާއި ޖެކް ލާފަރ - ފޮޓޯ: ރޮއިޓަރސް
ޕެރިސް އޮލިމްޕިކްސް 2024 - ފިރިހެނުންގެ ބޮކްސިންގ 92 ކިލޯގްރާމްގެ ކުއާޓާ ފައިނަލުގައި ސްޕެއިންގެ އިމަނުއެލް ރެޔެސް ޕްލާ މޫނުގައި ބެލްޖިއަމްގެ ވިކްޓާ ޝެލްސްޓްރޭޓް ޖަހާ މަންޒަރު - ފޮޓޯ: ޖެޓީ
ޕެރިސް އޮލިމްޕިކްސް 2024 - ގޭމްސްގެ ތެރެއިން ޓީހުޕޯއޯގައި ކުރިއަށްދިޔަ ފިރިހެނުންގެ ސާފިން ރައުންޑް ތިނެއްގެ ފަސް ވަނަ ހީޓުގައި ބޮޑު ރާޅަކާ ކުރިމަތިލި ބްރެޒިލްގެ ގެބްރިއެލް މެޑިނާ - ފޮޓޯ: ޖެޓީ
ޕެރިސް އޮލިމްޕިކްސް 2024 - ޕްލެސް ޑި ކޮންކޯޑްގައި ލަކްސޯރު އޮބެލިސްކް ކުރިމަތީގައި ފްރާންސްގެ ބީއެމްއެކްސް ރައިޑަރު އެންތަނީ ޖޯންޖޯން ޓްރިކެއް ހަދަނީ - ފޮޓޯ: އެލަމީ
ޕެރިސް އޮލިމްޕިކްސް 2024 - އަންހެން އިންޑިވިޖުއަލް ޓްރައިތެލޯން މުބާރާތުގެ ސްވިމް ލެގުގައި ވާދަކުރި އޮސްޓްރޭލިއާގެ ނަތާލީ ވެން ކޮއެވޯޑަން (މެދުގައި) - ފޮޓޯ: އޭޕީ
ޕެރިސް އޮލިމްޕިކްސް 2024 - ޖިމްނާސްޓިކް ރޫޓިން ޕާފޯމްކުރާ ސިމޯން ބައިލްސް - ފޮޓޯ: އޭޕީ