ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު

9 މެއި 2024 | ބުރާސްފަތި 18:29
-
838
ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ބައިވެރިންނާއެކު ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: ރައީސް އޮފީސް
ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައިި ގިނަ އަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް
ބުދަ ދުވަހުގެ ރޭ މި ރަސްމިއްޔާތު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގެ ހޯލުގައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް ޙަވާލުކޮށްދެއްވާފައި - ފޮޓޯ: ރައީސް އޮފީސް
ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން - ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބުނު ދެ ފަރާތަށާއި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތިން ފަރާތަކަށް ރައީސް ވަނީ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައި - ފޮޓޯ: ރައީސް އޮފީސް