ޔަމަން އަށް އިޒްރޭލުން ބޮން އެޅުން

21 ޖުލައި 2024 | އާދީއްތަ 19:26
-
1122
ހުކުރު ދުވަހު އިޒްރޭލަށް ދިން ޑްރޯން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ޔަމަން އަށް އިޒްރޭލުން ހޮނިހިރު ދުވަހު ބޮން އަޅައިފިއެވެ.
މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތްތަކުގައި ރޯވެ މުޅި ސަރަހައްދަށް ވަނީ އަލިފާންގަނޑު ފެތުރިފައި - ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ "އަސްކަރީ މަރުކަޒުތަކަށް" ކަމަށް - ފޮޓޯ: އެކްސް
ޔަމަންގެ އަލް މަސީރާ ޓީވީއާ ހަވާލާ ދީ އަލްޖަޒީރާ އިން ބުނެފައިވަނީ އިޒްރޭލުން ބޮން އެޅީ ތެޔޮ ރައްކާކުރާ ތަންތަނަށާއި އިންޖީނުގެއަކަށް ކަމަށް - ފޮޓޯ: އެކްސް
ބޮން އަޅާފައިވަނީ ޔަމަންގެ ޕޯޓް ސިޓީ ހުދެއިދާ އަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވޭ - ފޮޓޯ: އެކްސް
ހަމަލާގައި މީހުން މަރުވެފައިވާ ކަމަށާއި ޒަޚަމްވެފައިވާ ކަމަށްވެސް ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލް މަސީރާ ޓީވީން ބުނެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނޭ - ފޮޓޯ: އޭއެފްޕީ
މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތްތަކުގައި ރޯވެ މުޅި ސަރަހައްދަށް ވަނީ އަލިފާންގަނޑު ފެތުރިފައި - ފޮޓޯ: އޭއެފްޕީ