ބުރާސްފަތި ދުވަހުގެ ރޭ އިސްރާއިލުން ޖެނިންގައި ފެށި ރެއިޑް ނިންމާލީ ހުކުރު ދުވަހު
                
                
                    
                        17 ނޮވެންބަރ 2023 | ހުކުރު 16:07
                    
                    -
                     7058
                 
                
                                     
                                
                    ބުރާސްފަތި ދުވަހުގެ ރޭ، 10:30 އެހާއިރު އިސްރާއިލްގެ ސިފައިން ވަނީ ޖެނިންއަށް އަރައި، ބޮޑު ރެއިޑެއް ހިންގާފައެވެ. އިސްރާއިލް އަސްކަރިއްޔާގެ މިހަރަކާތްތައް ގާތްގަނޑަކަށް 8 ގަޑިއިރަށްވުރެ ގިނަ ވަގުތަށް، ހުކުރު ދުވަހާ ހަމައަށް ކުރިއަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
                
                
                                    
                                                    
                                 
                                
                                    އިސްރާއިލުން ޖެނިންއަށް އަރައި އެސިޓީގެ އެންމެ ބޮޑު އެއް ހޮސްޕިޓަލްކަމަށްވާ އިބްން ސީނާ ހޮސްޕިޓަލްގެ ތެރެއަށް ވަދެގަނެފައި - ފޮޓޯ: ރޮއިޓަރސް
                                
                             
                                                    
                                 
                                
                                    އިސްރާއިލް އަސްކަރިއްޔާއިން ބުރާސްފަތި ދުވަހުގެ ރޭ ޖެނިންއަށް އަރާފައި ވަނީ 80 އަސްކަރީ އުޅަނދާއެކު - ފޮޓޯ: ރޮއިޓަރސް
                                
                             
                                                    
                                 
                                
                                    ހަތިޔާރު އެޅި އުޅަނދުތަކާ ބުލްޑޯޒަރުތަކާއެކު ޖެނިންއަށް އަރައި އިސްރާއިލުން ވަނީ އާންމުންގެ ކާރުތަކާއި އެސަރަހައްދުގެ މަގުތަކަށްވެސް ގެއްލުންދީފައި - ފޮޓޯ: ރޮއިޓަރސް
                                
                             
                                                    
                                 
                                
                                    އިސްރާއިލުން ޖެނިންއަށް އަރައި، އެސިޓީގެ އާންމުން ދިރިއުޅެމުންދިޔަ ގެތަކުގައި ރެއިޑްތައް ހިންގައި ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ރޮއިޓަރސް
                                
                             
                                                    
                                 
                                
                                    އިސްރާއިލް އަސްކަރިއްޔާއިން ވަނީ ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް، ކުއްލިއެހީދޭ މީހުން ކުރަމުންދިޔަ މަސައްކަތްތަކަށްވެސް ހުރަސް އަޅާފައި - ފޮޓޯ: ރޮއިޓަރސް 
                                
                             
                                                    
                                 
                                
                                    އިސްރާއިލުން ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާތަކުގައި އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފަސް މީހުން ވަނީ މަރުވެފައި - ފޮޓޯ: ރޮއިޓަރސް