އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނު ރައްޔިތުން ގެދޮރު ދޫކޮށް ޓެންޓް ކޭމްޕްތަކަށް
އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ޓެންޓް ކޭމްޕްތަކަށް ގޮސްފައެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނު މީހުން ގެދޮރު ދޫކޮށް ދިޔަމީހުންގެ ތެރެއިން ޒަހަމްވެވައިފާ ކުޑަ ކުއްޖެއް - ފޮޓޯ: ރޮއިޓާސް

އިސްރާއީލުގެ ހަމަލާތަކާ އެކު ގެދޮރު ދޫކޮށް ފަލަސްތީނުން ފިލައިގެން ދިޔަ މީހުންގެ ތެރޭގައިވާ ކުޑަކުއްޖަކު - ފޮޓޯ: ރޮއިޓާސް

ޓެންޓް ކޭމްޕެއްގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތަކު ވާރޭފެން ނަގަނީ - ފޮޓޯ: ރޮއިޓާސް

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އަންހެން ކުއްޖަކު ޓެންޓް ކޭމްޕެއްގެ ހިޔާއެއް ނިވާކުރާ ޕްލާސްޓިކް ޝީޓަކުން ބޭރު ބަލަނީ - ފޮޓޯ: ރޮއިޓާސް

ޓެންޓް ކޭމްޕެއްގައި ގެދޮރު ގެއްލިފައިވާ، ފަލަސްތީނުގެ ހިޔާވަހިކަން ހޯދަމުން ދަނިކޮށް، ވިއްސާރައިގައި ފުރޮޅުލީ ގޮނޑިއެއްގައި އަންހެނަކު ގެންދާ ފިރިހެން ކުއްޖަކު - ފޮޓޯ: ރޮއިޓާސް

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ކަމެލް އަލް ނައްޖާރު، 90، ނާސިރު ހޮސްޕިޓަލުގެ ބޭރުގައި ހުރި ޓެންޓެއްގައި ހިމާޔަތް ހޯދައި، އެނދެއްގައި އޮށޯވެލައިގެން - ފޮޓޯ: ރޮއިޓާސް