އެންމެ އަގު ބޮޑުކޮށް ވިއްކާލެވުނު ގަޑިކޮޅަކަށް އެމްޕަރަރ ޕުޔީ ގެންގުޅުއްވި ގަޑިކޮޅު

24 މެއި 2023 | ބުދަ 18:46
-
2874
މިހާތަނަށް އެންމެ ބޮޑު އަގެއްގައި ނީލަމެއްގައި ވިއްކާލެވުނު ކުރީގެ އެމްޕަރަރއެއްގެ ގަޑިކޮޅުގެ ލަގަބު، ޗައިނާގެ ޗިންގް ދަރިކޮޅުގެ އެންމެ ފަހު އެމްޕަރަރ، އައިސިން ޖިއޯރޯ ޕުޔީގެ ގަޑިކޮޅެއް މިވަނީ ހޯދާފައެވެ. ހޮންކޮންގްގައި ބޭއްވި ނީލަމެއްގައި ޕުޔީގެ ގަޑިކޮޅެއް ވަނީ ރެކޯޑް އަދަދެއްކަމަށްވާ 49 މިލިއަން ހޮންކޮންގް ޑޮލަރު (6.2 މިލިއަން ޑޮލަރު)ގެ އަގަގަކަށް ވިކިފައެވެ.
ހޮންގްކޮންގްގެ ނީލަމެއްގައި ވިއްކާލާފައި ވަނީ ޕުޔީގެ ޕަޓޭކް ފިލިޕް ރެފަރެންސް 96 ކުއަންޓިއެމް ލޫން ޓައިމްޕީސްގެ ގަޑިކޮޅެއް - ފޮޓޯ: ރޮއިޓަރސް
ޕުޔީ ރަޝިއާގެ ޖަލުގައި ހުންނެވި އިރު އޭނާގެ ރަޝިއާގެ ތަރުޖަމާނަށް ޕުޔީ ވަނީ މިގަޑިކޮޅު ހަދިޔާކުރައްވާފައި - ފޮޓޯ: ރޮއިޓަރސް
މިއީ މިހާތަނަށް ނީލަންކުރެވުނު ކުރީގެ އެމްޕަރަރއިންގެ ގަޑިކޮޅުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކާލެވުނު ގަޑިކޮޅު - ފޮޓޯ: ރޮއިޓަރސް
މިގަޑިކޮޅު ނީލަންކީ ތަނުން، ގަޑިކޮޅުގެ ޕްރީ ސޭލް އަގެއްގެ ގޮތުގައި ލަފާކޮށްފައި ވަނީ ތިން މިލިއަން ޑޮލަރު - ފޮޓޯ: ރޮއިޓަރސް
ޕުޔީގެ ގަޑިކޮޅު ވިއްކާލެވިފައި ވަނީ ރެކޯޑް އަދަދެއްކަމަށްވާ 49 މިލިއަން ހޮންކޮންގް ޑޮލަރު (6.2 މިލިއަން ޑޮލަރަ)ށް - ފޮޓޯ: ރޮއިޓަރސް