މެލޭޝިޔާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

22 މެއި 2023 | ހޯމަ 13:15
-
1903
މެލޭޝިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އައު ސަފީރު، ވަނީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މަގާމުގެ ފަތްކޮޅު އަރުއްވާފައެވެ.
މެލޭޝިޔާގެ އައު ސަފީރު ރައީސް ސާލިހަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ ހޯމަ ދުވަހު - ފޮޓޯ: ރައީސް އޮފީސް
މެލޭޝިޔާ ސަފީރު ރައީސް ސާލިހަށް މަގާމުގެ ފަތްކޮޅު އެރުއްވުމަށްފަހު ދެބޭފުޅުން ދެގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
މެލޭޝިޔާގެ އައު ސަފީރު ރައީސް ސާލިހަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ ރައީސް އޮފީހުގައި ބެއްވި ހާއްސަ ހަފުލާއެއްގައި - ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައި ވަނީ 1968 - ފޮޓޯ: ރައީސް އޮފީސް - ފޮޓޯ: ރައީސް އޮފީސް
ރައީސް ސާލިހު ވަނީ މެލޭޝިޔާގެ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް