ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު

25 މާރޗް 2023 | ހޮނިހިރު 13:37
-
1639
ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން އޮޑިޝަންގައި ބައިވެރިވެ، އެންމެ މަތިން މާކްސް ލިބުނު 20 ބައިވެރިންނާއި އެކު ފަށާފައިވާ މުބާރާތެކެވެ. މުބާރާތް ފަށާފައިވަނީ 23 މާރޗް 2023 ގައެވެ. މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ޤާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ. މިއީ ރާއްޖެޓީވީ އާއި، ޔޫތު މިނިސްޓްރީއާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - މުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ކިޔެވުން 23 މާރޗް 2023 ވީ ހުކުރު ދުވަހުގެ ރޭ ވަނީ ފަށައިފައި - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، މިއީ 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މުބާރާތެއް - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެއް - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - "ރަންތާޖު" ޤުރުއާން މުބާރާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެ މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީންނަށް ދައުވަތު ދީފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - މި މުބާރާތަކީ ރާއްޖެޓީވީ އާއި އިސްލާމިކް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ ގުޅިގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ޤުރުއާން މުބާރާތްކަމަށް ވުމާއި އެކު މި މުބާރަތަކީ އެންމެ ފުރިހަމަ މުބާރާތަށް ވެގެންދާނެ ކަަމަށް އުންމީދުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ނައިބުރައީސް ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ގުރުއާން މުބާރާތެއް މިހާ ފުރިހަމަކޮށް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށާއި ގުރުއާން މުބާރާތެއް ބޭއްވުމުގެ މަގުސަދު ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ޤާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައި، މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީ - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތް - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، މުބާރާތުގެ ފައިނަލް 20 ބައިވެރިންނަކީ ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުންނާއި ވާދަކޮށްގެން މުބާރާތުން ޖާގަ ހޯދި ބައިވެރިން - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، މުބާރާތުގެ ފައިނަލް 20 ބައިވެރިންނަކީ ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުންނާއި ވާދަކޮށްގެން މުބާރާތުން ޖާގަ ހޯދި ބައިވެރިން - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައި، ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ބާއްވާފައިވާއިރު، މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައި - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - މިނިސްޓަރ މަޚްލޫފް ވިދާޅުވީ، މިއީ ޤުރުއާން ކިޔެވުމުގައި ޝާމިލްވެ އުޅޭ ޒުވާނުންނަށް އެހީތެރިވުމުގެ ގޮތުން ފަހި ކުރެވުނު ރަނގަޅު ފުރުސަތެއް ކަމަށް - ފޮޓޯ: ރާއްޖެއެމްވީ