ސްވިޑްންގައި ޤުރުއާނުގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން ސްވިޑްންގެ ދިދައެއްގައި ރޯކޮށްލައި

22 ޖެނުއަރީ 2023 | އާދީއްތަ 15:59
-
4200
ސްވިޑްންގައި ޤުރުއާނުގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން ވަނީ އެކަމާ ނުރުހުންފާޅުކޮށް ސްވިޑްންގެ ދިދައެއްގައި ރޯކޮށްލާފައެވެ.
ތުރުކީ މުޒާހަރާގެ ބައިވެރިން ވަނީ ސްވިޑްންގައި ކުރިއަށްދިޔަ މުޒާހަރާގައި ހިންގި ނާތަހުޒީބު އަމަލު ކުށްވެރިކޮށްފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީގެ ރައްޔިތުން ސްވިޑްންގެ ދިދައެއްގައި ރޯކޮށްލާފައިވަނީ ތުރުކީގައި ހުންނަ ސްވިޑްން ކޮންސިއުލޭޓްގެ ކުރިމަތީގައި - ފޮޓޯ: ރޮއިޓަރސް
ސްވިޑްންގައި ޤުރުއާނުގެ ކޮޕީއެއް އަންދާލުމުން، ތުރުކީގެ ރައްޔިތުން ރޯކޮށްލި ސްވިޑްންގެ ދިދަ - ފޮޓޯ: ރޮއިޓަރސް
ތުރުކީގެ ފުލުހުން އެއްވުމުގެ ބައިވެރިން އެތަނުން ދުރުކުރީ ސްވިޑްން ކޮންސިއުލޭޓްގެ ދޮރާއްޓަށް ގެއްލުންދޭން މަސައްކަތްކުރަން ފެށުމުން - ފޮޓޯ: ރޮއިޓަރސް
އެއްވުމުގެ ބައިވެރިން ވަނީ އިސްލާމްދީނާމެދު މީހުންގެ މެދުގައި ނަފުރަތު އުފެއްދުން ހުއްޓާލުމަށް ގޮވާލާފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީގައި ހުންނަ ސްވިޑްން ކޮންސިއުލޭޓް ކައިރިއަށް އެތައް ސަތޭކަ އާންމުންނެއް ވަނީ އެއްވެފައި - ފޮޓޯ: ރޮއިޓަރސް