އުވަލްޑީގައި ދަރިވަރުން ސްކޫލަށް ދާންފަށައިފި
7 ސެޕްޓެންބަރ 2022 | ބުދަ 16:13
-
12913
ރޮބް އެލިމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާއެއް ދިންތާ ގިނަ މަސްތަކެއްފަހުން، ޓެކްސަސްގެ އުވަލްޑީގައި، ދަރިވަރުން ސްކޫލަށް ދާންފަށައިފިއެވެ. އުވަލްޑީ އެލެމެންޓަރީ ސްކޫލްގައި މިހާރުވަނީ ވަށާ ފާރު ރާނައި ބަންދުކޮށްފައެވެ. އަދި ސްކޫލްތައް ހުޅުވުމުން އެ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިސަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޓެކްސަސްގެ އުވަލްޑީގައި ހޫނު މޫސުމުގެ ބަންދަށްފަހު ސްކޫލަށް އަންނަ ދަރިވަރުންނަށް ފްލޮރެސް އެލެމެންޓަރީ ސްކޫލްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީ އޮފިސަރުންނާއި ސްކޫލް މުވައްޒަފުން މަރުހަބާ ކިޔަނީ. މިއީ ރޮބް އެލިމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާ ދިންތާ މަސްތަކެއްފަސް. - ފޮޓޯ: ރޮއިޓަރސް
ޓެކްސަސްގެ އުވަލްޑީގައި ހޫނު މޫސުމުގެ ބަންދަށްފަހު ސްކޫލަށް އަންނަ ދަރިވަރުންނަށް އުވަލްޑީ އެލެމެންޓަރީ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން މަރުހަބާކިޔަނީ. މިއީ ރޮބް އެލެމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާދިންތާ މަސްތަކެއްފަސް. - ފޮޓޯ: ރޮއިޓަރސް
ޓެކްސަސްގެ އުވަލްޑޭގައި ހޫނު މޫސުމުގެ ބަންދަށްފަހު ސްކޫލަށް އަންނަ ދަރިވަރުންނަށް އުވަލްޑީ އެލެމެންޓަރީ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން މަރުހަބާކިޔަނީ. މިއީ ރޮބް އެލެމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާދިންތާ މަސްތަކެއްފަސް. - ފޮޓޯ: ރޮއިޓަރސް
ފްލޮރެސް އެލެމެންޓަރީ ސްކޫލްގެ މުވައްޒަފުން، ހޫނު މޫސުމުގެ ބަންދަށްފަހު ސްކޫލް ހުޅުވުމަށް ތައްޔާރުވަނީ. މިއީ ރޮބް އެލެމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާދިންތާ މަސްތަކެއްފަސް. - ފޮޓޯ: ރޮއިޓަރސް
ހޫނު މޫސުމުގެ ބަންދަށްފަހު ދަރިވަރުން އެނބުރި އައުމަށް ތައްޔާރުވަމުން އަންނައިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީގެ އޮފިސަރަކު ފްލޮރެސް އެލެމެންޓަރީ ސްކޫލަށް ވަންނަނީ. މިއީ ރޮބް އެލެމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާދިންތާ މަސްތަކެއްފަސް. - ފޮޓޯ: ރޮއިޓަރސް
ހޫނު މޫސުމުގެ ބަންދަށްފަހު ދަރިވަރުން އެނބުރި އަންނައިރު، މިހާރު ވަށާފާރު ރާނާފައިވާ އުވަލްޑީ އެލެމެންޓަރީ ސްކޫލް. މިއީ ރޮބް އެލެމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާދިންތާ މަސްތަކެއްފަސް - ފޮޓޯ: ރޮއިޓަރސް
ހޫނު މޫސުމުގެ ބަންދަށްފަހު ދަރިވަރުން އެނބުރި އަންނައިރު، މިހާރު ވަށާ ފާރު ރާނާފައިވާ އުވަލްޑީ އެލެމެންޓަރީ ސްކޫލަށް ދަރިވަރުން ވަންނަނީ. މިއީ ރޮބް އެލެމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާދިންތާ ގިނަ މަސްތަކެއްފަސް. - ފޮޓޯ: ރޮއިޓަރސް
- ފޮޓޯ: ރޮއިޓަރސް