އެމެރިކާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާ

25 މެއި 2022 | ބުދަ 16:30
-
18694
އެމެރިކާގެ ޓެކްސަސްގެ އެލިމެންޓަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި 18 ކުޑަކުދިންނާއި ޓީޗަރަކު ވަނީ މަރުވެފައެވެ.
މިހާދިސާގައި ބަޑިޖެހި މީހާ ވަނީ މަރާލާފައި. އޭނާ މަރާލީ ބަޑި ޖަހާ އަޑު އިވިގެން އެ ސްކޫލް ކައިރީގައި އެވަގުތު ހަރަކާތްތެރިވި ސިފައިންގެ މީހެއް - ފޮޓޯ: ރޮއިޓަރސް
އެމެރިކާ ގަޑިން އަންގާރަ ދުވަހުގެ ހެނދުނު 11:32ހާއިރު ދިން މި ހަމަލާގައި މަރުވި ކުދިންގެ ތެރޭގައި، 5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިން ހިމެނޭ - ފޮޓޯ: ރޮއިޓަރސް
10 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި 66 އަހަރުގެ އަންހެނެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް
މި ހަމަލާގައި 18 ކުދިންނާއި ޓީޗަރަކު މަރުވެފައިވާއިރު، 13 ކުއްޖަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން - ފޮޓޯ: ރޮއިޓަރސް
"ރޮބް އެލެމެންޓްރީ" ސްކޫލަށް އެމީހާ ވަދެފައިވަނީ ހޭންޑް ގަންއަކާއި ސެމީ އޮޓޮމެޓިކް ރައިފަލްއެއް ހިފައިގެން - ފޮޓޯ: ރޮއިޓަރސް