އެމެރިކާގެ ފިހާރައެއްގެ ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދިނުން

15 މެއި 2022 | އާދީއްތަ 16:02
-
15315
އެމެރިކާގެ ބަފަލޯ ސިޓީގައި ކަޅު ނަސްލުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ފިހާރައެއްގެ ތެރޭގައި ބަޑި ޖަހައި 10 މީހުން ވަނީ މަރާލައިފައެވެ.
ބަފަލޯ ސިޓީގެ ފިހާރައެއްގައި ދިން މި ހަމަލާއަކީ "ނަސްލީ ގޮތުން ދިން އަނިޔާވެރި ހަމަލާއެއް" ކަމަށް ކަމާ ގުޅުހުންހުރި އިދާރާތަކުން ބުނޭ - ފޮޓޯ: ރޮއިޓަރސް
ފިހާރައަށް ވަދެ ހަމަލާ ދިނީ އުމުރުން 18 އަހަރުގެ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް
މި ހަމަލާގައި ތިން މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް
ބަފަލޯ ސިޓީގައި ކަޅު ނަސްލުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ފިހާރައެއްގައި ދިން މި ބަޑީގެ ހަމަލާތަކުގައި 10 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް
ހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަމަލާ ދިން މީހާ ހައްޔަރު ކުރި އިރު، އޭނާ ހުރީ ބޮޑީ އާމާ އަޅައިގެން، ރައިފަލް ބަޑި ހިފައިގެން - ފޮޓޯ: ރޮއިޓަރސް