ރަޝިއާގެ ހަމަލާތަކުގެ ތެރޭގައި ރައްކާތެރި މަންޒިލަކަށް ދާން މަސައްކަތްކުރާ ރައްޔިތުން
ރަޝިއާއިން ޔޫކްރެއިންގެ ކިއެވް އަށް ދެމުންދިޔަ ހަމަލާތަކުގެ ތެރޭގައި އެ ސިޓީގައި ދިރިއުޅެމުންދިޔަ އާންމު ރައްޔިތުން ދަނީ ސިޓީ ދޫކޮށް ރައްކާތެރި މަންޒިލްތަކަށް ދިޔުމަށް މަސައްކަތްކުރަމުންނެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ހަމަލާތަކުގައި ހަލާކުވެފައިވާ ބްރިޖެއް ހުރަސްކޮށް ރައްކާތެރި މަންޒިލަކަށް ދިއުމަށް މަސައްކަތްކުރާ އާންމު ރައްޔިތުން - ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ އަސްކަރިއްޔާއިން ކިއެވް ހިފުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމުންނަށް ރައްކާތެރި މަންޒިލަކަށް ދެވެން އޮތް ހަމައެކަނި މަގަށް ހަމަލާދިން ނަމަވެސް ރައްކާތެރި މަންޒިލަކަށް ދިއުމަށް އާންމުން ދަނީ މަސައްކަތްކުރަމުން - ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ އަސްކަރިއްޔާގެ ހަމަލާތަކުގައި ހަލާކުވެފައިވާ ބްރިޖެއް ހުރަސްކޮށް ރައްކާތެރި މަންޒިލަކަށް ދިއުމަށް މަސައްކަތްކުރާ އާންމު ރައްޔިތުން - ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ އަސްކަރިއްޔާއިން ކިއެވް ހިފުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަސްކަރިއްޔާގެ ހަމަލާތަކުގައި ހަލާކުވެފައިވާ ބްރިޖެއް ހުރަސްކޮށް ރައްކާތެރި މަންޒިލަކަށް ދިއުމަށް މަސައްކަތްކުރާ އާންމު ރައްޔިތުން - ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ އަސްކަރިއްޔާއިން ކިއެވް ހިފުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމުންނަށް ރައްކާތެރި މަންޒިލަކަށް ދެވެން އޮތް ހަމައެކަނި މަގަށް ހަމަލާދިނުމުން އެސަރަހައްދުން ދިއުމުގެ މަސައްކަތްކުރަމުންދާ އާންމުން ބަހެއްގެ ތެރޭގައި - ފޮޓޯ: ރޮއިޓަރސް

ކިއެވް ދޫކޮށް ރައްކާތެރި މަންޒިލަކަށް ދިއުމަށް މަސައްކަތްކުރާ އާންމު ރައްޔިތުންތަކެއް ރަޝިއާގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކަށް ފިލުމަށް މަސައްކަތްކުރަނީ - ފޮޓޯ: ރޮއިޓަރސް

ކިއެވް އިން ނުކުތުމުގެ މަސައްކަތް ކުރަމުންދިޔަ އުމުރުން ދުވަސްވީ އަންހެނަކަށް ހަލާކުވެފައިވާ ބްރިޖެއް ހުރަސްކުރުމަށް އެހީތެރިވަނީ - ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ އަސްކަރިއްޔާއިން ކިއެވް ހިފުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމުންނަށް ރައްކާތެރި މަންޒިލަކަށް ދެވެން އޮތް ހަމައެކަނި މަގަށް ހަމަލާދިނުމުން މަޝްރަހު ކަވަރުކުރަން ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިން ރައްކާތެރި މަންޒިލަކަށް ދެވޭތޯ މަސައްކަތްކުރަނީ - ފޮޓޯ: ރޮއިޓަރސް

ރަޝިއާގެ އަސްކަރިއްޔާއިން ކިއެވް ހިފުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމުންނަށް ރައްކާތެރި މަންޒިލަކަށް ދެވެން އޮތް ހަމައެކަނި މަގަށް ހަމަލާދިނުމުން އާންމުން ރައްކާތެރި މަންޒިލަކަށް ދެވޭތޯ މަސައްކަތްކުރަނީ - ފޮޓޯ: ރޮއިޓަރސް

އާންމުންނަށް ރައްކާތެރި މަންޒިލަކަށް ދެވެން އޮތް ހަމައެކަނި މަގަށް ހަމަލާދިނުމުން ބައްޕަ އަކު އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން ރައްކާތެރި މަންޒިލަކަށް ދެވޭތޯ މަސައްކަތްކުރަނީ - ފޮޓޯ: ރޮއިޓަރސް