ފޮޓޯ އިން ޚަބަރު
7 އޮކްޓޯބަރ 2020 | ބުދަ 03:48
-
3585
ލ. އިސްދޫ އަދި ބ. ފެހެންދޫ ބަނދަރުގެ މަސައްކަތް
ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 12 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
ލ. އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 26 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް - ފޮޓޯ: އެމްޓީސީސީ
ލ. އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - އެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ - ފޮޓޯ: އެމްޓީސީސީ
ލ. އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު. މި މަސައްކަތް އެކުންފުނިން ފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 27ވަނަ ދުވަހު - ފޮޓޯ: އެމްޓީސީސީ
ބ. ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. Advertisement އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 49.66 މިލިއަން ރުފިޔާގެ މަޝްރޫއުއް - ފޮޓޯ: އެމްޓީސީސީ
ބ. ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - އެ މަޝްރޫއު މޮބިލައިޒް ކުރެވިފައި ވަނީ 10 ނޮވެމްބަރު 2019 ގައި - ފޮޓޯ: އެމްޓީސީސީ
ބ. ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނޭ ކަމަށް - ފޮޓޯ: އެމްޓީސީސީ
ބ. ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ - 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނޭ - ފޮޓޯ: އެމްޓީސީސީ