ފޮޓޯ ގެލަރީ

ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގެ ފުރަތަމަ ދުވަސް
ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަނެ އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެ އެވެ. މި މަސައްކަތް ވަނީ ތަފާތު އެކި މަރުހަލާ ތަކަށް ބަހާލާފަ އެވެ. އެގޮތުން ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައި 2020 ޖޫން 15 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
ހޯރަފުށި އެއަރޕޯޓް ފެހި ކުރުން
ހޯރަފުށީ އެއަރޕޯޓުގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގުރާމު ފަށާފައިވަނީ 7 ޖެނުއަރީ 2020 ގައެވެ. "ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެ އެވެ.

އިންޑަސްޓްރިއަލް ވިލެޖް ކުނިގޮނޑަކަށް
އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަކީ ސިނާޢީ މަސައްކަތްތައް ކުރާ ތަންތަން އެކަހެރި ތަނަކަށް ބަދަލުކުރުމުގެ ބޭނުމުގައި ތަރައްޤީކޮށްފައިވާ ސަރަހައްދެކެ އެވެ.

ފުރަބަންދުގައި ރަށަށް ނުދެވި ތާށިވި މީހުން ކަރަންޓީނަށް ދިއުމަށް އެންޓި ބޮޑީ ޓެސްޓު ހެދުން
ފުރަބަންދާ ގުޅިގެން ރަށަށް ނުދެވި ތާށިވި ފަރާތްތަކަށް ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. 24 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހެދުމަށްފަހު އެވެ.

މަސްޖިދުލް ނަބަވީގެ ދެކުނަށް ހުންނަ 42 ވަނަ ގޭޓްގެ ނަން "އަލް ބާބް ގިބްލަ" އަށް ބަދަލުކުރުން
ކޮވިޑް19 ކޮންޓްރޯލް ކުރެވޭ މިންވަރު ބެލުމަށްފަހު ސައުދި އަރަބިއްޔާއިން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މަސްޖިދުލް ނަބަވީ ވެސް ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.

މަޖީދީމަގު "އެކްސީޑް" ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ
އޮލިމްޕަސް ކުރިމަތީގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ޖޫން މަހުގެ 6 ވީ ހޮނިހިރު ދުވަހު ހިނގުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވާލުމަށް ވަނީ ހަރަކާތެރި ވެފައެވެ.

ޖޯޖް ފްލޮއިޑުގެ ދިފާއުގައި ފުޓްބޯޅަ ކުޅުންތެރިން
އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ވަނީ ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި މަރާލާފަ އެވެ. އެއާއެކު ގިނަ ކުޅިވަރު ތަރިން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މަސްވެރިކަން - ދިވެހިންގެ ލޭނާރު
މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން މަސް މާރުކޭޓް ބޭނުން ނުކުރެވި، މަސްވެރިންނަށް ވަނީ އެތައް އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާ
ހޯމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުން ނެވެ. ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސް ކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ޙައްލެއް ގެނައުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމެވެ.
ހުރުމަތްތެރި ވެގެންވާ މިސްކިތްތައް ހުޅުވުމުގެ އުފާ
ކޮވިޑް19 އާއި އެކު ސައުދީ އަރަބިއްޔާގެ މިސްކިތްތައް ބަންދު ކުރުމަށްފަހު، ރައްކައުތެރި ކަމުގެ ފިޔަވަޅު ތަކާއެކު 31 މެއި 2020 ގައި ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުން
ކޮވިޑް-19ގެ ސަބަބުން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީ، ދެވޭ ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ

ބާޒާރުމަތީގައި ގައިދުރުކަން ބެހެއްޓުމެއް ނެތް
ލޮކްޑައުން އަށް ލުއިތެކެއް ދިނުމަށް އިއުލާންކޮށް، މަގުމަތީގައި އުޅޭ މީހުންގެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭއިރު މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ގައިދުރުކަން ނުބަހައްޓާނަމަ ވައިރަސް ފެތުރުމުގެ ފުރުސަތު އިންތިހާއަށް އިތުރުވޭ

ލޮކްޑައުންނަށް ލުއިތަކެއް ދިނުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ސަރުކާރުގެ ފަރާތުން ބުދަ ދުވަހުގެރޭ ދެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވީ މިނިސްޓަރ އަބްދުﷲ އަމީނާއި، ޑރ. އަލީ ލަތީފާ. ޑރ ޝީނާ މޫސާ އެވެ. ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވީ ޑރ. ނަޒްލާ ރަފީޤާއި، ޑރ. މޫސާ ހުސެއިން އާއި، ޑރ. އަލީ ނަޒީމް އެވެ.

ނިއު ނޯމަލް އުސޫލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ފުރަތަމަ ޖަލްސާ
ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ. މިއީ ނިއު ނޯމަލް އުސޫލުތަކުގެ ތެރެއިން ރައްޔިތުން މަޖިލިސް ކުރާ ގޭގައި ބޭއްވުނު ފުރަތަމަ ޖަލްސާ. ހުރިހާ މެމްބަރުން ތިއްބެވީ ފޭސް މާސްކު އަޅުއްވައިގެން، ގައިދުރުކަން ބެހެއްޓެވި

ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ އަކީ ފަސް އިމާރާތެއްގެ މައްޗަށް އެކުލެވިފައިވާ، އެއްފަހަރާ 300 މީހުންނަށް ފަރުވާދެވޭނެ ފެސިލިޓީއެެކެއެވެ.

ފިތުރު ޢީދު ދުވަސް - ފެންނަނީ ހަމަހިމޭންކަން
1441 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަސް ބައްދަލުކުރި އިރު މިވަނީ، މުޅި ދުނިޔެއަށް ނުރައްކާތެރި ވައިރަހެއް ފެތުރު، ބިރުވެރިކަމެއްގެ ތެރޭގައެވެ.

ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ "ނިއު ނޯމަލް" ތައްޔާރީތައް
ހޮނިހިރު ދުވަހު، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު، ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެންމެ ފަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޑައިގަންނަވާފައި. އަންނަ ޖުލައި މަހު ބޯޑަރު ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން.
ދެ ޤައުމެއްގެ ރައްޔިތުން ފުރުވާލުން
ސްރީލަންކަންގެ ފްލައިޓްގައި އެ ޤައުމުގެ 50 ރައްޔިތަކު ފުރުވާލައިފައިވެއެވެ. އަދި އިންޑޮނޭޝިއާ ސަރުކާރުން ބޭއްވި ގަރޫޑާ އިންޑޮނޭޝިއަން އެއާލައިންގެ ފްލައިޓްގައި އެ ޤައުމުގެ 190 މީހަކު އެނބުރި ޤައުމަށް ފުރުވާލާފައިވެއެވެ.

މަސްމާރުކޭޓް ޑެލިވަރީއަށް ހުޅުވާލުން
މޭލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން މަސް މާރުކޭޓް ބޭނުން ނުކުރެވި، މަސްވެރިންނަށް ވަނީ އެތައް އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ހޯމަ ދުވަހު މާލެއަށް ކުރި ވިއްސާރާގަައި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

ވަރލްޑް ހެލްތް އެސެމްބްލީގެ ބްރީފިންގ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިތުން
އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމަކީ، ކޮންމެ އަހަރަކު ޖެނީވާގެ ސްވިޒަރލޭންޑް ގައި ބާއްވާ ވާރލްޑް ހެލްތް އެސެމްބްލީ އަށް ދިވެހިރާއްޖޭގެ ވަފްދު ފުރާވައިގަތުމުގެ ކުރިން ޑަބްލިއުއެޗްއޯ މާލެ އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމް
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ރެޕިޑް ރެސްޕޮންސް ޓީމަކީ، ސާމްޕަލް ނެގުމުގެ އިތުރުން، އެފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ޓީމް އެވެ.
ބަންގްލަދޭޝްގެ 353 މީހަކު އަނބުރާ ގައުމަށް ފޮނުވާލުން
ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ފޮނުވާލަން ކުރަމުން އަންނަ މަސައްކަތުގައި ބަންގްލާދޭޝްގެ 353 މީހަކު ހޮނިހިރު ދުވަހު ވަނީ ފޮނުވާލައިފަ އެވެ.

ދިވެހި ރެޑްކްރަސަންޓް - ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް
ކޮންމެ ދުވަހަކު ދިވެހި ރެޑްކްރަސަންޓުން އަންނަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކާބޯތަކެތި ބޭނުންވާ ފަރާތްތަކަށް ރޯދަވީލުމާއި، ތަރާވީސް ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ވެރިރަށް މާލޭގެ މަގުތަކުގައި ހުރި ބައެއް ގަސްތައް ވެއްޓި، ބައެއް ގަސްތަކުގެ ގޮފިތައް ވަނީ ބިންދައިގެންގޮސް ބައެއް ގެތަކުގެ މައްޗަށް ވެއްޓިފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް އުދަވެސް އަރާފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލުމުގެ ތިންވަނަ ދަތުރު
އިންޑިއާއިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް "މިޝަން ވަންދޭ ބާރާތް" އާއި "ސަމުދްރޭ ސެތޫ" ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައިއެވެ

ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕިއޭގެ ޓީމުތަކުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ބަންގްލަދޭޝް ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތް
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް ފަރާތްތައް އަނބުރާ ފޮނުވާލުމަށްޓަކައި ހުޅުމާލެ ޓެސްޓިންގ ފެސިލިޓީއަށް ވަނީ ބަދަލުކޮށްފަ އެވެ. ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދުތައް މަދުކުރުމަށެވެ.

މާލެ ފޮގް ކުރުން
މަދިރި ކޮންޓްރޯލްކުރުމަށްޓަކައި، މާލެ ފޮގްކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރިއަށްގެންދެ އެވެ.

ހުޅުމާލޭގެ ބޮޑެތި މަގުތަކާއި، ޕާކުތައް ފަޅުކޮށް
ރަމަޟާން މަހުގައި އެންމެ ގިނަ ބަޔަކު ފިނިބުރު ޖަހާލުމަށްދާ ތަނަކީ ހުޅުމާލެ އެވެ. ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާލާ، ޕާކްތަކަށް ފުރާލުމަކީ ކޮށް އުޅުނު ކަންކަމެވެ. ނަމަވެސް މި އަހަރުގެ ރަމަޟާން މަހުގެ ހަވީރުގެ ވަގުތު މުޅި ހުޅުމާލެ ފެންނަނީ މުޅިން ފަޅުކޮށެވެ.