މަސްޖިދުލް ނަބަވީގެ ދެކުނަށް ހުންނަ 42 ވަނަ ގޭޓްގެ ނަން "އަލް ބާބް ގިބްލަ" އަށް ބަދަލުކުރުން
ކޮވިޑް19 ކޮންޓްރޯލް ކުރެވޭ މިންވަރު ބެލުމަށްފަހު ސައުދި އަރަބިއްޔާއިން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މަސްޖިދުލް ނަބަވީ ވެސް ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.

މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހުމާން ސުދައިސް، މަސްޖިދުލް ނަބަވީގެ ދެކުނަށް ހުންނަ 42 ވަނަ ދޮރުކޮޅުގެ ނަން " ދަ ގިބްލަ ޑޯރ" އަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އަލްހަރަމައިން

މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހުމާން ސުދައިސް - މި ދަތި އުނދަގޫވަގުތުގައި، ސިއްޚީ އެހީތެރިންނާއި، ސެކިއުރިޓީންނާއި، ސާފުކުރާ މީހުން ކުރަމުންދާ ބުރަ މަސައްކަތަށް ޝެއިޚް ސުދައިސް ވަނީ ޝުކުރު އަދާކޮށްފައި - ފޮޓޯ: އަލްހަރަމައިން

މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހުމާން ސުދައިސް އާއި ބައެއް އެހެން އޮފިޝަލުން - އިމާމުންނަށް ހާއްސަ މި ދޮރުކޮޅުގެ ނަން ބަދަލުކޮށްފައިވަނީ އަލް ބާބް ގިބްލަ ނުވަތަ " ދަ ގިބްލަ ޑޯރ" ގެ ނަމަށް - ފޮޓޯ: އަލްހަރަމައިން

މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހުމާން ސުދައިސް އާއި އަދި އެހެން ދެބޭފުޅަކު، " އަލް ބާބް ގިބްލަ " ކުރިމަތީގައި - މިއީ އާންމު ގޮތެއްގައި އިމާމުން ވަދެ ނުކުތުމަށް ބޭނުންކުރާ ދޮރުކޮޅެއް - ފޮޓޯ: އަލްހަރަމައިން