ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ހޯމަ ދުވަހު މާލެއަށް ކުރި ވިއްސާރާގަައި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މާލޭގެ ހުޅަނގު ފަރާތް - ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާކޮށްފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލޭގެ ހުޅަނގު ފަރާތު ނެރުން މުދާ އުފުލާ ދޯންޏެއް ވަންނަނީ - ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށްފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައޖެހޭނެ ކަމަށް ލަފާކުރެވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށް، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓުން ބުނެފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލޭގެ މަގުމަތީގައި ފެންބޮޑުވެފައި - ބައެއް ފިހާރަތަކަށް ފެން ވަދެފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވެފައި - ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުގެ ސަބަބުން ވެހިކަލް ދުއްވުމަށްވެސް ދަތިވެފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވެފައި - ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުގެ ސަބަބުން ވެހިކަލް ދުއްވުމަށްވެސް ދަތިވެފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލޭގެ އަމީނީ މަގުގައި ފެންބޮޑުވެފައި - ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުގެ ސަބަބުން ވެހިކަލް ދުއްވުމަށްވެސް ދަތިވެފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ކާނިވާ، ބަސް ޓާމިނަލް ސަރަހައްދުން ޕިކަޕެއް ދުއްވާފައިދަނީ - ރިންގް ރޯޑްގައި ހެނދުނު ފެންގަނޑު ވަރަށް އަވަހަށް ހިނދެފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައި - އެ ސަރަހައްދަކީ އާންމުކޮށްވެސް ފެންބޮޑުވާ ސަރަހައްދެއް -- ފޮޓޯ: ރާއްޖެ.އެމްވީ

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައި - އެ ސަރަހައްދުގެ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ