ފޮޓޯ ގެލަރީ

މާލެއަށް އުދައެރުން
އުދަ އެރުމުގެ ސަބަބުން ބޮޑުތަކުރުފާނުމަގަށްވާ ގޮތަށް ވެއްޔާއި ލޮނު ވަނީ އަރާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގަން ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރާ ފެސިލިޓީގެ މަސައްކަތް ނިމުމަކަށް
ރީޖަނަލް ފެންވަރުގައި ކޮވިޑް 19 އަށް ފަރުވާ ދިނުމުގެ ގޮތުން ސަރުކާރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. އަދި އިމާރާތްތަކުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 3 ދުވަސް ތެރޭ ނިންމާލެވޭނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އިތުރު 202 މީހުންނާއެކު އިންޑިއާގެ ދެވަނަ އަސްކަރީ މަނަވަރު ފުރުން
މި މަނަވަރުގައި ފުރާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެނބުރި ޤައުމަށްދާން ބޭނުންވެފައިތިބި 202 މީހަކު އެވެ. މީގެ ކުރިންވެސް އިންޑިއާގެ އަސްކަރީ މަނަވަރެއްގައި އެ ޤައުމުގެ 698 މީހަކު ޤައުމަށް ގެންގޮސްފައިވެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިިވަނީ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް އާއި، ޑރ. އިބްރާހިމް އަފްޒަލް އެވެ.

ސިއްހީ ހިދުމަތްތެރިނާއި، މީހުން އުފުލުމުގައި ޤައުމީ އެއާލައިންގެ މުވައްޒަފުން
ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި، ބަލިޖެހިފައި ތިބޭޭ ފަރާތްތަކުގެ ދަތުރުތައް ކުރިއަށްގެންދަނީ ޤައުމީ އެއާލައިންގެ ސީޕްލޭންތަކުގަ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން - ވިލިމާލެ ފެންނަނީ ތަފާތުކޮށް
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ވިލިމާލެ ފެންނަނީ ތަފާތުކޮށެވެ. މާލެ އާއި ހުޅުމާލެއިން ފެންނަ ހަލަބޮލިކަން އެއްވެސް ވަރަކަށް ވިލިމާލެއިން ނުފެންނައިރު، މަގުތަކުގައި ޑެލިވަރީއަށް ނިކުމެ އުޅޭ ފަރާތްތަށްވެސް ވަރަށް މަދު އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ކޮވިޑް19 އަށް ޓެސްޓުކުރަނީ
ކޮވިޑް19 އަށް މާލެއިން މީހަކު ޕޮޒިޓިވްވެ މި ބަލި ފެތުރެންފެށުމާއި ގުޅިގެން، އެޗްޕީއޭއިން ވަނީ މާލޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ސާމްޕަލްނަގާފައެވެ.

ބަނޑުހައިވެފަ ތިބި ބުޅާތަކަކަށް މީހަކު ކާންދެނީ
މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާއިރު، މީހުންނާއި ދުއްވާއެއްޗެހީގެ އުނދަގުލެއްނެތި ގިނަ އަދަދެއްގެ ބުޅާތައް މަގުމަތީގައި އުޅެމުންދެއެވެ.

މާލޭގެ މަގުމަތީގެ ހަމަހިމޭންކަން
މާލޭ ސަރަހައްދު ފުރަބަންދުކުރުމުން މަގުމަތީގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

ބާޒާރުމަތި ސަރަހައްދުގައި މަސްވިއްކުން
މަސްމާރުކޭޓް ބަންދުކޮށްފައިވިނަމަވެސް، މާލޭގެ މާރުކޭޓް ސަރަހައްދު ދޯނި ފަހަރު އަންނަނީ މަސްވިއްކަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ހަވީރު ގިނަ ބަޔަކު މަސް ގަތުމަށްޓަކައި، އެ ސަރަހައްދަށްދެއެވެ.

ކޮވިޑް19 ޖެހިގެން މަރުވި ފުރަތަމަ ބިދޭސީ މީހާގެ ޖަނާޒާ
މިއީ ކޮވިޑް19 ޖެހިގެން މަރުވި ފުރަތަމަ ބިދޭސީ މީހާގެ ޖަނާޒާއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 2 ވަނަ މީހާ އެވެ.

ވިލިމާލެއަށް ދަތުރުކުރާ ފަސިންޖަރުންގެ "ދާންނާ ގިމަތަ" ފަޅުވެފައި
މިއީ މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތްދެމުން އަންނަ ދާންނާ ގިމަތައެވެ.
އިމަރޖެންސީ ވެންޓިލޭޓަރެއްް އެމްއެންޑީއެފް އިން އުފެއްދުން
އެމްއެންޑީއެފް ސަރވިސް ކޯޕސްގެ ސިގްނަލްސްއިން ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އިމަރޖެންސީ ވެންޓިލޭޓަރެއްް ވަނީ އުފައްދައިފަ އެވެ. މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް ސިގްނަލް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހުއެވެ.

މާލޭގެ ޕާކްތަކާއި، މަގުތަކުގައި ކޮތަރުތައް
މާލެ ސަރައްހައްދު ލޮކްޑައުން ކުރުމާއެކު އެކި ސަރަހައްދުތަކުގައި އުދުހެމުން އަންނަ ކޮތަރުތައް ދަނީ މިނިވަންކަމާއެކު އުފާ ހޯދަމުންނެވެ.

މާލޭގެ ހިތްފަސޭހަ މައިޒާންތަކުގެ ފަޅުކަމާއި ހަމަ ހިމޭންކަން
މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުން އުފާވެރި މަޖާ މާހައުލެއް ހޯދުމަށް ދާ ހިތްފަސޭހަ މަންޒިލްތަކެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން - 18 ވަނަ ދުވަސް ފެންނަލެއް ތަފާތު
ލޮކްޑައުންއަށް 18 ދުވަސްވިއިރު، މާލޭގެ ގިނަ ސަރަހައްދުތަކުން ފެންނަނީ ފަޅުކަމެވެ. ހަމަހިމޭންކަމެވެ. އެގޮތަށް ހުޅުމާލޭގެ އެންމެ މީހުން ގިނަ ސަރަހައްދުތައްވެސް އޮތީ ފަޅަށެވެ. ނަމަވެސް މާލެޔާއާއި ހުޅުމާލޭގެ ބައެއް ބޮޑެތި މަގުތަކުގަޔާއި، ބާޒާރުމަތީގައި ކޮންމެވެސް ވަރަކަށް މީހުން އުޅެ އެވެ.

ރަމަޟާން 1441 - މާރުކޭޓް ސަރަހައްދު ފެންނަނީ ހަލަބޮލިކޮށް
ކޮވިޑް-19 ގެ ސަބަބުން މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ބާޒާރުމައްޗާއި މާރުކޭޓް ސަރަހައްދު ފެންނަނީ ތަފާތުކޮށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް މާސްކު އެޅުން
ކޮވިޑް19 ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނުކުންނައިރުވެސް މާސްކެއް އަޅައިގެން ނުކުތުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.

ކަރަންޓީނުގަަ ރޯދަ ވީއްލުން
ކަރަންޓީނުގަައި ތިބި މީހުންނަށް ރޯދަ ވީއްލުމަށް ރަނގަޅު ކާ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން ބުންޏެވެ

ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދަނީ
ދަތިކަމެއް ނެތި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ގެފުޅު ނަލަކޮށް ހުވަނދުލުން
ކޮންމެ މުސްލިމެއްގެ ހިތުގައި ވެސް ގެފުޅަށް ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވެއެވެ

ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަށާފަ އެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުން ބިދޭސީންނާއި ދިވެހިންގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ.

މާސްކްތައް ބޭނުންކުރުމަށްފަހު މަގުމައްޗަށް އުކާލާފައި!
މާލެގެ މަގުތައް މަތިން ހިމޭންކަން ފެންނައިރު، ފެންނަ އަނެއް މަންޒަރަކީ ބޭނުންކޮށްފަ ހުންނަ މާސްކަތައް ރަނގަޅަށް ނައްތާލުމުގެ ބަދަލުގައި މަގުމައްޗަށް އުކާލާފަ ހުންނަ ތަނެވެ. މާސްކް ބޭނުންކުރުމަށްފަހު މަތިޖަހާފައި ހުންނަ ޑަސްބިނަކަށް ލުމަށް ތަކުރާރުކޮށް ޑޮކްޓަރުން ނަސޭހަތްތެރިވާއިރު، މާލޭގެ މަތިން ފެންނަނީ އެހެން މަންޒަރެކެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުން
ހޮނިހިރު ދުވަހުގެރޭ މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ބައެއް މަގުތަކުން ފެން ހިންގުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެއެވެ.

1441 ރަމަޟާން - މާލޭގެ މަގުތައް ފެންނަނީ ފަޅުކޮށް
1441 ރަމަޟާން - މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތި މަގުމަތިން މީހުން ފެންނަލެއް މަދެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް - މިސްކިތްތައް ފަޅުވެފައި
ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ.

ރަމަޟާން 1441 - މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހު ނަމާދު
މިއަހަރުގެ ރަމަޟާން މަހުގެ ތަރާވީހު ނަމާދު ދެ ހަރަމްފުޅުގައި ކުރާގޮތަށް ސައުދީގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒް ވަނީ ނިންމަވާފަ އެވެ. އަދި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި ކުރެވުނު ފުރަތަމަ ތަރާވީހް ނަމާދު ކުރިއަށްގެންގޮސްފައިވަނީ ހާއްސަ ފިޔަވަޅުތަކާއެކު އެވެ.

މާލެ ބަނދަރު ސަރަހައްދު، ދޯނިތަކަށް މުދާ އެރުވުން - 23/4/2020
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ބަނދަރުކޮށްފައިވާ ދޯނި ފަހަރަށް މުދާ އެރުވެނީވެސް ހާއްސަ ހުއްދައެއް ލިބުމުން އެކަނި ކަމަށް ފުލުހުން މައުލޫމާތުދެއްވަ އެވެ.

ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ، ވަޒީރު ޢަބްދުﷲ ޝާހިދު ބައްދަލުކުރެއްވުން
މި ބައްދަލުވުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔާ އިން ފެށިގެން އެމެރިކާގެ ނިއުޔޯކާ ދެމެދު ޤާއިމްކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ މުވައްޒަފުންވެސް ބައިވެރިވިއެވެ. މިއީ ދިވެހި ޚާރިޖިއްޔާގެ ތާރީޚުގައި ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.