Raajje.mv

ފޮޓޯ ގެލަރީ

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުމަށްފަހު

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުމަށްފަހު

ކޮވިޑް-19ގެ ސަބަބުން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު އާންމުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.

21 ޖުލައި 2020
ޖުމްހޫރީ މައިދާން

ޖުމްހޫރީ މައިދާން

ޖުމްހޫރީ މައިދާން - ކޮތަރު ފަހަތުން ކުޑަކުދިން ދުވުން

21 ޖުލައި 2020
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އާދިއްތަ މާލެއަށް ކުރި ވިއްސާރާގަައި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

20 ޖުލައި 2020
ގަވާއިދާ ހިލާފަށް އުޅޭ ބިދޭޭސީންް ފޮނުވާލުމުގެ ޕްރޮގްރާމް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭޭސީންް ފޮނުވާލުމުގެ ޕްރޮގްރާމް

ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލައަށް އެދިގެން އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މިހާތަނަށް 3000ށް ވުރެ ގިނަ ބިދޭސީން ވަނީ މި ޕްރޮގްރާމުގެ ދަށުން އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

19 ޖުލައި 2020
ފޮޓޯ: 4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!

ފޮޓޯ: 4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!

ހަތަރު މަހުގެ މެދުކެނޑުމަކަށް ފަހު އިއްތިހާދުގެ ފުރަތަމަ ކޮމަރޝަލް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޖައްސައިފައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލާފައިވާއިރު، ހޮނިހިރު ދުވަހު ވަނީ އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ކުރި ޓްވީޓެއްގައި ވަނީ އިއްތިޙާދުގެ ފްލައިޓުތަކަށް މަރުޙަބާ ކިޔާ ކަމަށް ބުނެފައެވެ.

19 ޖުލައި 2020
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓުން

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓުން

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ވެރިރަށް މާލޭގެ މަގުތަކުގައި ހުރި ބައެއް ގަސްތައް ވެއްޓިފައި ވެއެވެ. 18 ޖުލައި 2020 ވަނަ ދުވަހު ކުރީގެ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވާ ކާރަކަށް ވަނީ ގެއްލުންވެފައެ އެވެ.

18 ޖުލައި 2020
ރާއްޖޭގެ މޫސުން  - ފޮޓޯއިން މާލެ

ރާއްޖޭގެ މޫސުން - ފޮޓޯއިން މާލެ

17 ޖުލައި 2020 ވަނަ ދުވަހު މާލެއަށްވަނީ ބޯކޮށްވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައެވެ.

17 ޖުލައި 2020
ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި އޭގެ ސަބަބުން އަންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. މިހާތަނަށް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނުވާ މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާންމު ދިރިއުޅުމުގެ އެތައް ކަމެއް މިވަނީ ބަދަލު ގެންނަން ޖެހިފައެވެ. އަދި މި ބައްޔަށް ފަރުވާއެއް ލިބެންދެން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުމާއި އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގިނަގިނައިން އަތް ދޮވުން މުހިންމެވެ.

17 ޖުލައި 2020
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން

ކޮވިޑް-19ން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާޗު 27 ގައެވެ. އެއަށްފަހު ބޯޑަރު އަލުން ހުޅުވާފައިވަނީ 15 ޖުލައި 2020 ގައެވެ. ބުދަ ދުވަހު ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ ފުރަތަމަ އައިސްފައިވަނި ގަތަރު އެއަރވޭސްގެ ފުލައިޓެކެވެ. މި ފުލައިޓުގައި 127 ފަތުރުވެރިން އައިސްފައިވާ ކަމަށް އެމްއޭސިއެލް އިން ބުނެއެވެ.

15 ޖުލައި 2020
މުސާރާ ނުދޭ ކަމަށް ބުނެ ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާ

މުސާރާ ނުދޭ ކަމަށް ބުނެ ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާ

މިއީ ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީންނަށް މުސާރަ ނުދޭކަމަށް ބުނެ، 13 ޖުލައި 2020 ގައި ކުރި މުޒާހަރާ އެވެ.

13 ޖުލައި 2020
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާ

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާ

މިއީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ވޮއިސް އޮފް ޗިލްޑްރަންސްގެ ފަރާތުން 12 ޖުލައި 2020 ވަނަ ދުވަހު ކުރިއަށް ގެންދިއަ މުޒާހަރާއެވެ.

12 ޖުލައި 2020
ލ. މާވަށަށް އުދައެރުމުން، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ވެލި ބަސްތާ ޖަހަނީ

ލ. މާވަށަށް އުދައެރުމުން، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ވެލި ބަސްތާ ޖަހަނީ

ލ. މާވަށަށް އުދައެރުމާއި ގުޅިގެން ރަށުގެ ބައެއް ސަރަހައްދުތަކުގައި އާއި ރަށުތެރޭގެ ބައެއް ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގަައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

11 ޖުލައި 2020
މާލެ ސަރަހައްދު ފުރަބަންދު ކުރިފަހުން، ޖަމާއަތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު

މާލެ ސަރަހައްދު ފުރަބަންދު ކުރިފަހުން، ޖަމާއަތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު

ފުރަބަންދަށްފަހު ޖަމާއަތުގައި ފުރަތަމަ ހުކުރު ނަމާދު ކޮށްފައިވަނީ 10 ޖުލައި 2020 ގައެވެ. ޖުލައި 1 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާއިރު، މާލޭގެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ.

11 ޖުލައި 2020
ބޯކޮށް ވާރޭވެހި ޖަޕާންގެ މަގުތައް ކިސަޑުގެ ކޯރުތަކަށް ވެފައި

ބޯކޮށް ވާރޭވެހި ޖަޕާންގެ މަގުތައް ކިސަޑުގެ ކޯރުތަކަށް ވެފައި

ކްޔޫޝޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ 60 މީހަކު މަރުވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ. ޖަޕާނުގެ ދެކުނު ހުޅަނގުގައި އޮންނަ ކުޔޫޝޫއަށް ވާރޭ ހުއްޓާލި އިރު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން މުޅި ރަށް ވަނީ ކިސަޑުގެ ކޯރަކަށް ވެފައެވެ. އަދިވެސް ޖަޕާނު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ފެންބޮޑުވުމާއި ގުޅިގެން އެ ރަށަށް ވަނީ އެކި ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރާފައެވެ.

10 ޖުލައި 2020
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް

އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް

އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް

08 ޖުލައި 2020
ރައީސް ސޯލިޙު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުން

ރައީސް ސޯލިޙު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުން

ރައީސް ސޯލިހު ސިފައިންނާއި ފުލުހުންނާއި ބައްދަލުކުރައްވާފައިވަނީ 5 ޖުލައި 2020 ވަނަ ދުވަހު އެވެ.

07 ޖުލައި 2020
ރަކީދޫއަށް އުދައެރުން

ރަކީދޫއަށް އުދައެރުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އެގޮތުން ވ. ރަކީދޫއަށް 5 ޖުލައި 2020 ގައި ވަނީ އުދައަރާފަ އެވެ.

05 ޖުލައި 2020
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން

އިމިގްރޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ބޭފުޅުންގެ އިތުރުން މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުގެ ވަކީލުންގެ ވަނީ 4 ޖުލައި 2020 ވަނަ ދުވަހު ބޮޑުފިނޮޅަށް ގޮސްފައެވެ.

04 ޖުލައި 2020
ބޮޑުފިނޮޅު ހަމަނުޖެހުން

ބޮޑުފިނޮޅު ހަމަނުޖެހުން

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް 2 ޖުލައި 2020 (ބުރާސްފަތި) ދުވަހު ހަމަނުޖެހުން ހިންގާފައިވަނީ އެފަރާތްތަކަށް ދޭންޖެހޭ މުސާރަ ނުދީ ގިނަ ދުވަސްވުމާއި ގުޅިގެންނެ އެވެ. މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި، 28 މެއި 2020 ގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި، އެއަށްފަހު 27 ޖޫން 2020 ގައިވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެ އެވެ. ރިޒް ޕްރައިވެޓް ލިމިޓެޑަކީ ކޮންޓްރެކްޓް އުސޫލުން 2018 ވަނަ އަހަރުން ފެށިގެން މި ރިސޯޓްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެ އެވެ.

03 ޖުލައި 2020
ހިޔާ ފްލެޓްތަކަށް މަޖިލީހުގެ މެންބަރުން ކުރި ޒިޔާރަތް

ހިޔާ ފްލެޓްތަކަށް މަޖިލީހުގެ މެންބަރުން ކުރި ޒިޔާރަތް

މިއީ ހިޔާ ފްލެޓް މަޝްރޫޢުގެ ކަން ކަން ހިނގާފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ މެންބަރުން 2 ޖުލައި 2020 ވަނަ ދުވަހު ކުރި ޒިޔާރަތެވެ.

02 ޖުލައި 2020
ކޯވިޑް19އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލުން

ކޯވިޑް19އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލުން

ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލާފައިވަނީ 1 ޖުލައި 2020 ގައެވެ.

01 ޖުލައި 2020
"މިއީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން"

"މިއީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން"

2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާ - އަންގާރަ ދުވަހުގެ ޖަލްސާގައިވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައި އެވެ

30 ޖޫން 2020
ޖުމްހޫރީ މައިދާން - އަނެއްކާ ވެސް ކުޑަކުދިންނަށް ޢީދެއް

ޖުމްހޫރީ މައިދާން - އަނެއްކާ ވެސް ކުޑަކުދިންނަށް ޢީދެއް

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް ފަހަތުން ދުވުމާއި އެ ސޮރުމެންނަށް ކާން ދީ އުފާކޮށްދިނުމަކީ ކުޑަކުދިން ވަރަށް ކުރާ ހިތުން ކުރާ ކަމެކެ އެވެ.

29 ޖޫން 2020
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުގެ މަޝްވަރާތައް

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުގެ މަޝްވަރާތައް

އަންނަ ޖުލައި މަހު 15 ގައި ޢާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއި ވަނީ މަޝްވަރާކުރައްވައިފިއެވެ.

26 ޖޫން 2020
ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެވެ.

23 ޖޫން 2020
ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާ

ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާ ސުވާލުކުރުން ވަނީ ކުރިއަށްގެންގޮސްފައެވެ.

23 ޖޫން 2020
"އަނގޮޓި ކޭތަ"

"އަނގޮޓި ކޭތަ"

"ރިންގް އޮފް ފަޔަރ" ގެ ނަން ދެވިފައިވާ މި ކޭތައަކީ މި އަހަރު ހިފި ފުރަތަމަ އިރުކޭތައެވެ. މިފަދަ އަނގޮޓި ކޭތައެއް ދެން ފެންނާނެ ކަމަށް ބެލެނީ 2032 ވަނަ އަހަރުއެވެ.

21 ޖޫން 2020
ދެމަހަށް ފަހު ކުޑަކުދިންނަށް ހަމަޖެހުމުގެ ނޭވާއެއް

ދެމަހަށް ފަހު ކުޑަކުދިންނަށް ހަމަޖެހުމުގެ ނޭވާއެއް

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމަށްފަހު، ދިން ލުއިތަކާއި އެކު ކުޑަކުދިންނަށް ބެލެނިވެރިޔަކާއެކު ބޭރަށް ނުކުމެވޭނީ ހަވީރު 4:00 އިން ހަވީރު 6:00 އަށެއެވެ.

20 ޖޫން 2020
ފުރަބަންދަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާ - ވިޔަފާރިވެރިންގެ މަސައްކަތަށް އިތުރު ހަލުވިކަމެއް

ފުރަބަންދަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާ - ވިޔަފާރިވެރިންގެ މަސައްކަތަށް އިތުރު ހަލުވިކަމެއް

ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނަށް ވަދެނުކުމެވާއިރު، ސެނިޓައިޒަރ ބޭނުންކޮށްގެން ފަސޭހައިން އަތް ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ ކަމަށް ވަނީ އިރުޝާދު ދެއްވާފަ އެވެ.

18 ޖޫން 2020
ފުރަބަންދުގެ ލުއިތަކާއި އެކު ވިލިމާލެ - ފެންނަނީ ތަފާތު މަންޒަރެއް

ފުރަބަންދުގެ ލުއިތަކާއި އެކު ވިލިމާލެ - ފެންނަނީ ތަފާތު މަންޒަރެއް

ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައި 2020 ޖޫން 15 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

16 ޖޫން 2020
50 / 108