ފިތުރު ޢީދު ދުވަސް - ފެންނަނީ ހަމަހިމޭންކަން
1441 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަސް ބައްދަލުކުރި އިރު މިވަނީ، މުޅި ދުނިޔެއަށް ނުރައްކާތެރި ވައިރަހެއް ފެތުރު، ބިރުވެރިކަމެއްގެ ތެރޭގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް - މި ސަރަހައްދު ފެންނަނީ ވަރަށް ހަމަހިމޭންކޮށް - ފޮޓޯ: ރާއްޖެއެމްވީ

ބޮޑުތަކުރުފާނު މަގު - މިއީ އާއްމުކޮށް ވަރަށް ހަލަބޮލި ސަރަހައްދެއް، ނަމަވެސް މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި އެކު މި ސަރަހައްދު ފެންނަނީ ފަޅުކޮށް - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލެ މަގެއްގައި މީހަކު ސައިކަލުގައި ދުއްވާފައި ދަނީ - އާއްމުކޮށް ޢީދު ދުވަހު ހުޅުމާލެ ފެންނަނީ ވަރަށް ހަލަބޮލިކޮށް. - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭގެ މަގެއް - މާލެ ސަރަހައްދު ފުރަބަންދުކޮށް، އެޅި ފިޔަވަޅުތަކާއެކު މަގުމަތީގައި ހަރަކާތްތެރިވާ މީހުން މަދު - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭގެ ޕާކެއް - ބަންދު ދުވަސްތަކުގައި އާއި ޚާއްސަކޮށް ޢީދު ފަދަ މުނާސަބަތުތަކުގައި ޕާކުތައް އޮންނަނީ ފުރިފައި، ކުޑަކުދިން އާއިލާއާއި އެކު އުފާވެރިވަގުތުތަކެއް ހޭދަކުރާ ތަނެއް - ފޮޓޯ: ރާއްޖެއެމްވީ

ރަސްފަންނު ސަރަހައްދު - މާލޭގެ މި ސަރަހައްދަކީ ގިނަ އަދަދަކަށް މީހުން ޖަމާވާ ސަރަހައްދެއް. އާއިލާ އާޢި އެކު ވަގުތު ހޭދަކުރުމަށާއި، އެކި އެކި ހަރަކާތްތައް ބާއްވަމުން އަންނަ ސަރަހައްދަކަށްވާއިރު، މި ފަހަރުގެ ޢީދުގައި މި ސަރަހައްދު ފެންނަނީ ހަމަހިމޭންކޮށް - ފޮޓޯ: ރާއްޖެއެމްވީ