މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުން
ކޮވިޑް-19ގެ ސަބަބުން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީ، ދެވޭ ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ

މަޖީދީމަގުގައި މީހަކު ބައިސްކަލުގައި ދުއްވާފައި ދަނީ - މިހާރު ހުރި އަންދާޒާތަކަށް ބަލާއިރު އެއްފަހަރާ މަގުމައްޗަށް 1000 އަށްވުރެ ގިނަ މީހުން ނުކުންނާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ

ސައިކަލުގައި މީހަކު ދުއްވާފައި ދަނީ - ބޭރަށް ނިކުމެ އުޅުމުގައި އާންމުންނަށް ދެވުނު ލުއިތަކާއެކު، ކޮންމެ ގޭބިސީއަކުން ތިން މީހަކަށް ދެ ގަޑިއިރު ބޭރުގައި އުޅެވޭނެ - ފޮޓޯ: ރާއްޖެއެމްވީ

ސައިކަލުގައި ފުލުހަކު ދުއްވާފައި ދަނީ - ބޭރަށް ނިކުންނަ ފަރާތްތަކަށް ހުއްދަ ދޫކުރުމުގައި އަދިވެސް ހަރަކާތްތެރިވާނީ ފުލުހުން - ފޮޓޯ: ރާއްޖެއެމްވީ

އެމްޕީއެލް ސަރަހައްދު މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ - ފިހާރަތަކަށާއި، ބަންދުވެފައި ހުންނަ އެއްވެސް ތަނެއްގެ ތެރޭގައި ހުންނަނަމަ މާސްކު އެޅުމަށް ސިއްޚީ ފަރާތްތަކުން އިރުޝާދުދެއްވާ - ފޮޓޯ: ރާއްޖެއެމްވީ

ބާޒާރުމަތި ސަރަހައްދު - ބޭރަށް ނިކުންނައިރު ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލުނުކޮށްފިނަމަ އަނެއްކާވެސް ކޭސްތައް ގިނަވެ މިހާރު ހުރި ވަސީލަތްތަކުން ވެސް ނުފުދިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވާފައި - ފޮޓޯ: ރާއްޖެއެމްވީ

އެމްޕީއެލް ސަރަހައްދު، ބާޒާރުމަތި - ފުރަބަންދަށް ދެވުނު ލުއިތަކާއި އެކު ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތަށް ހުޅުވާލެވޭނެ - ފޮޓޯ: ރާއްޖެއެމްވީ

ސައިކަލުގައި ބަޔަކު ދުއްވާފައި ދަނީ - ބޭރަށް ނިކުމެ އުޅުމުގައި އާންމުންނަށް ދެވުނު ލުއިތަކާއެކު، މާސްކު އެޅުމާއި އަދި އެނޫންވެސް ރައްކާތެރިކަމުގެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކުން އިރުޝާދުދެެއްވާ - ފޮޓޯ: ރާއްޖެއެމްވީ