ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާ
ބެއިރޫތުގެ ޕޯޓުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ 4 އޮގަސްޓު 2020 ގައި އެވެ.

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ލުބުނާންގެ ވެރިރަށް ބެއިރޫތްގެ ކަނޑުގެ ބަނދަރުގެ ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުމުގައި އެތައް ހާސް ގެއަކަށް ގެއްލުން ލިބި އެތައް ބަޔަކަށް ވަނީ މަރުވެފައި - ފޮޓޯ: ސްކައި ނިއުސް

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - އެގައުމުގައި 2 ހަފްތާގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މި ހާދިސަގައި އެތައް ބަޔަކު މަރުވެ، 4 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި - ފޮޓޯ: ސްކައި ނިއުސް

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - އަންގާރަ ދުވަހު ބެއިރޫތުގެ ކަނޑުގެ ބަނދަރުގައި ހުރި ގުދަނުގައި ގޮވި ގޮވުމުގެ ބާރުގަދަކަމާއެކު އެތައް ސަތޭކަ މީޓަރު ސަރަހައްދު ދުރުގައި ހުރި އިމާރާތްތަކާއި ތަންތަނަށް ވަނީ ގެއްލުން ލިބިފައި - ފޮޓޯ: ސްކައި ނިއުސް

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ބެއިރޫތުގެ ޕޯޓުގައި ކެމިކަލް ގުދަން ގޮވި ތަނުގައި ވަޅުގަނޑެއް ހެދިފައި - ފޮޓޯ: ސްކައި ނިއުސް

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ބާރުގަދަ ގޮވުން ގޮވާފައިވަނީ ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދުހައި ހުރި ގުދަން ތަކެއްގައި އެތައް އަހަރެއް ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެ - ފޮޓޯ: ސްކައި ނިއުސް

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ގޮވުމުގެ ސަބަބުން ހަލާކުވެފައިވާ އިމަރާތެއްގެ މަތިން މީހަކު ހުއްޓުިލައިގެން - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - އެތައް ހާސް ބަޔަކު އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިން ނުފެނިގެން އެމަރޖެންސީ ޑިޕާޓްމަންޓަށް އަންގަމުންދާ ކަމަށް ލުބުނާންގެ ހެލްތު މިނިސްޓަރ ވަނީ ހާމަ ކޮށްފައި - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - އެމޯނިއަމް ނައިޓްރޭޓަކީ އޭގެ ޒާތުގައި ގޮވާ ކެމިކަލެއް ނޫން، ނަމަވެސް މިއީ އޮކްސިޑައިޒާ އެއް، އަދި އެހެން އެއްޗެއްގައި ރޯވުމަށް ބޭނުންވާ އޮކްސިޖަން ފަސޭހައިން ފޯރުކޮށްދިނުމަށް އެހީވާ މާއްދާއެއް، ނަމަވެސް ސައިންސްވެރިން ބުނެފައިވާ ގޮތުން ވަކި ހާލަތްތަކެއް މެދުވެރިވެގެން މި ކެމިކަލްގައި ވެސް ރޯވެދާނެ ކަމަށް - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން ބެއިރޫތުން ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން ވެސް މީހުން ހޯދުމަށް ދަތިތައް ވަނީ ދިމާވެފައި - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ވެއްޓިފައިވާ އިމާރާތަތްކުގެ ދަށުގައި މީހުން ތިބިތޯ ބަލާ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ގޮވުމުގެ ސަބަބުން ގެއްލުންވި ބެއިރޫތުގެ ހޮސްޕިޓަލެއް - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ބެއިރޫތްގައި ގޮވި މިބާރުގަދަ ގޮވުމާއެކު އަނެއްކާވެސް އެގައުމުގައި 1975 ވަނަ އަހަރުން ފެށިގެން 1990 އަހަރާ ދެމެދު ކުރިޔަށް ދިޔަ ދާޚިލީ ހަނގުރާމައިގެ ހަންދާންތައް އާވިކަމަށް ބައެއް މީހުން ބުނޭ - ފޮޓޯ: އޭޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ބެއިރޫތުގައި ހިނގާދިއަ ގޮވުމުގެ ހާދިސާއަށްފަހު ބަޔަކު މަގުމަތިން ހިނގާފައިދަނީ - ފޮޓޯ: އޭއެފްޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ގޮވުމުގެ ސަބަބުން ޒަޚަމްވި މީހަކު ރެސްޓޯރެންޓެއްގެ ކުރިމަތީގައި އިށީނދެލައިގެން - ފޮޓޯ: އޭއެފްޕީ

ބެއިރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުން - ގޮވުމުގެ ސަބަބުން ޒަޚަމުވި އާއިލާއެއް ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްލައިގެން - ފޮޓޯ: އޭއެފްޕީ