ހައްޖު 1441 - މަސްޖިދުލް ހަރާމުގައި ހައްޖާޖީންގެ ފުރަތަމަ ދުވަސް
ހައްޖު 1441 - ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން 2020 ވަނަ އަހަރުު ހައްޖުވުމުގެ ފުރުސަތު ދިނީ ޚާއްސަ ޝަރުތު ތަކެއްގެ މަތިން ހޮވުނު އެކި ގައުމުތަކަށް ނިސްބަތްވާ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަންޏެއެވެ.

ހައްޖު 1441 - ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މިއަހަރު ހައްޖުވުމުގެ ފުރުސަތު ދިނީ ޚާއްސަ ޝަރުތު ތަކެއްގެ މަތިން ހޮވުނު އެކި ގައުމުތަކަށް ނިސްބަތްވާ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަން - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - ކޮވިޑް-19 ހައްޖުވެރިންގެ ތެރޭގައި ފެތުރުނަ ނުދިނުމަށް ސައުދީ ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - ހެލްތް ލީޑަރުގެ މަސްއޫލިއްޔަތުގެ ގޮތުގައި ހަމަޖައްސާފައިވަނީ، އޭނާ ބަލަހައްޓާ ގްރޫޕްގެ މީހުން، ކޮވިޑް-19ން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތައް އަމަލު ކުރަމުންދޭތޯ ބަލަމުން ގެންދިއުން - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - މިއަހަރުގެ އާދަޔާ ޚިލާފް ހައްޖުގައި، ސިއްހީ ގޮތުން އެއްވެސް ރިސްކެއް ނުނެގުމުގެ ގޮތުން، ކޮންމެ 50 ހައްޖުވެރިއަކަށް ސިއްހީ ލީޑަރަކު ބަހައްޓާ ގޮތައް ސައުދީ ސަރުކާރުން ވަނީ ހަމަޖައްސާފައި - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދޭ، ނަމަވެސް ކޮވިޑް19 ރޯގާއާއި ގުޅިގެން 2020 ވަނަ އަހަރު ހައްޖު ކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - އަޅުކަމުގެ ތެރޭގައި އުޅުމުގައި އަދި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ގައި ދުރުކަން ބެހެއްޓާތޯ ބެލުމުގެ އިތުރުން ހައްޖުވެރިންގެ ސިއްހަތު މޮނިޓަރ ކުރުމާއި، ޝައްކު ކުރެވޭ ކަމެއް ފެނިއްޖެ ނަމަ ކަމާ ބެހޭ ފަރާތައް ރިޕޯޓު ކުރުން ހެލްތު ލީޑަރުން މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕްލޭނެއް އެކުލަވާލާފައިވާއިރު، ހައްޖުވެރިންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ބަލަމުންދިއުމާއި، އެއްވެސް އެމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމަށްޓަކައި ވަކިން ހޮސްޕިޓަލެއް ތައްޔާރުކުރުމާއި، އިޖުތިމާޢީ ގައިދުރުކަން ގެންގުޅޭކަން ކަށަވަރު ކުރުން ހިމެނޭ - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕްލޭނެއް އެކުލަވާލާފައިވާއިރު، އޭގެތެރޭގައި ހުރިހާ ހައްޖުވެރިން ވެސް އަޅުކަން ކުރުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ދިޔުމުގެ ކުރިން ޓެސްޓް ކުރުމާއި، ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހަކީ އުމުރުން 65 އަހަރުން ދަށުގެ މީހަކަށްވުމާއި، ހައްޖުގެ އަޅުކަމަށްފަހު ހުރިހާ ހައްޖާޖީންވެސް އަމިއްލައަށް ކަރަންޓީންވާން ޖެހުން ހިމެނޭ - ފޮޓޯ: އަލްހަރަމައިން

ހައްޖު 1441 - މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ އަދަދު 10،000ށްވުރެ އިތުރުނުވާނެ ކަމަށް، ސައުދީގެ ހައްޖު އަދި އުމްރާގެ މިނިސްޓަރ ޑރ މުހައްމަދު ސަލެހް ބިންތެން އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައްޖާގުޅޭ މިނިސްޓަރ ވިދާޅުވެފައިވޭ - ފޮޓޯ: އަލްހަރަމައިން