ސްވިމިންގ ޓްރެކްގެ މަސައްކަތް
މާލޭ ސްވިމިންގ ޓްރެކްގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.
މިހާރު ޓްރެކްގައި މުބާރާތްތައް ބާއްވާއިރު އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފައި ފޮޓޯ: ރާއްޖެއެމްވީ
ޓްރެކްގެ މަސައްކަތް ލަސްވުމާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ފޮޓޯ: ރާއްޖެއެމްވީ
މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއެކު ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ފޮޓޯ: ރާއްޖެއެމްވީ
މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު ދިރާސާތަކެއް ކުރަން ޖެހުމުން މީގެ ކުރިންވެސް މަސައްކަތް ލަސްވިއިރު، ކޮވިޑް-19 އާ ގުޅިގެންވެސް މަސައްކަތް ވަނީ ލަސްވެފައި ފޮޓޯ: ރާއްޖެއެމްވީ
ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރި އާއި ފާހާނާ އާއި ފެންވަރާނެ ވަސީލަތުގެ އިތުރުން އަންހެން އަދި ފިރެހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ގާއިމު ކުރެވިގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައި ފޮޓޯ: ރާއްޖެއެމްވީ
ކޮވިޑް-19 އާ ގުޅިގެން މަޑުޖެހުމަށްފަހު، މިހާރު މަސައްކަތް ބާރު ސްޕީޑުގައި މަސައްކަތް ވަނީ އަލުން ފަށާފައި ފޮޓޯ: ރާއްޖެއެމްވީ