Raajje.mv
ފޮޓޯ ގެލަރީ

ކަކުލާ ހަމައަށް ފެން ބޮޑުވެ، މުޅި ކަރާޗީ ހުއްޓުމަކަށް

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީގައި ފެންބޮޑުވެފައިވާއިރު، ބައެއް ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން، އަދި މިވަގުތު މަގުތަކުގައިވެސް ވަނީ ފެންބޮޑުވެ ކޯރުހެދިފައެވެ.

އަބުދުﷲ ނަސީރު އިބްރާހިމް
26 އޯގަސްޓު 2020
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ވަނީ ބައެއް ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފައި، އަދި ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި -- ފޮޓޯ: އީޕީއޭ

ކުރަޔަކާއި، ބަދިގޭގަ ބޭނުންކުރާ ބައެއް ތަށިތައް ހިފައިގެން އަންހެން ކުއްޖަކު ކަރާޗީގެ ފެންބޮޑުވެފައިވާ ސަރަހައްދުގެ މަގުމަތިން ހިނގާފަ ދަނީ -- ފޮޓޯ: އޭއެފްޕީ

ކަރާޗީގެ މަގުމަތީގައި ޕާކްކޮށްފައި ހުރި ކާރުތައް ފެނު އަޑީގައި -- ފޮޓޯ: ރޮއިޓަރސް

މޭވާ އާއި ތަރުކާރި ވިއްކުމުގައި ބައެއް ކުދިން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އޭއެފްޕީ

ފެންބޮޑުވުމުގެ ސަބަބުން އެތަށް ބަޔަކު މަރުވެ، އެތަށް ހާސް ބަޔެއްގެ ގެދޮރު ގެއްލިފައިވޭ -- ފޮޓޯ: އޭޕީ

ކޮންމެ އަހަރެއްގައިވެސް ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބޭ -- ފޮޓޯ: އީޕީއޭ

ފެންބޮޑުވެފައިވާ ގޭގައި އަންހެނަކު މަޑުކޮށްލައިގެން - ބޮޑުވަޒީރު އިމްރާން ހާން ވަނީ މި މަހުގެ ކުރީކޮޅުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމަށް އަސްކަރިއްޔާ ފޮނުވާފައި -- ފޮޓޯ: އީޕީއޭ

މި ހަފްތާގައިވެސް ކަރާޗީއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވޭ -- ފޮޓޯ: އޭޕީ