އިސްރާއީލް-އީރާން ހަނގުރާމަ

  • އިސްރާއީލުގެ އުތުރު ސަރަޙައްދުގައި މިސައިލް އިންޒާރެއް
  • ހަނގުރާމަ ހުއްޓާލަންވީ އެއްބަސްވުމާ ޚިލާފު ނުވާތި: ޓްރަމްޕް
  • އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެއްޖެ
 
Writer Profile Picture
ނާޒުމީ ސައީދު
އިސްރާއީލުގެ އުތުރު ސަރަޙައްދުގައި މިސައިލް އިންޒާރެއް

އިސްރާއީލުގެ އުތުރު ސަރަޙައްދުގައި މިސައިލް އިންޒާރެއް ދީފި

24 ޖޫން 2025 | އަންގާރަ 13:05
Writer Profile Picture
ނާޒުމީ ސައީދު
ހަނގުރާމަ ހުއްޓާލަންވީ އެއްބަސްވުމާ ޚިލާފު ނުވާތި: ޓްރަމްޕް

އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުގެ ދެ މެދުގައި ވެވުނު އެއްބަސްވުމާ ޚިލާފު ނުވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް އެދިވަޑައިގެންފި އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އޭގެ ފަހުން ބުދަ ދުވަހު ވަނީ ހަނގުރާމަ ހުއްޓާލުމަށް ދެ

ޤައުމުން ވެސް އެއްބަސްވެފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިފައިވާ ކަމަށެވެ.

އަދި އެދިވަޑައިގެންނެވީ އެއްވެސް ފަރާތަކުން އެ އެއްބަސްވުމާ ޚިލާފު ނުވުމަށެވެ.

24 ޖޫން 2025 | އަންގާރަ 11:14
Writer Profile Picture
ނާޒުމީ ސައީދު
އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެއްޖެ

އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެއްޖެ އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ގާތް ގަނޑަކަށް ދެ ހަފުތާގެ ދިގު މުއްދަތަކަށް ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން، ބުދަ ދުވަހު ދެ ޤައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ. އީރާންގެ ރަސްމީ ޓީވީ އިން ވެސް ވަނީ އެކަން އިއުލާން ކޮށްފަ އެވެ.

24 ޖޫން 2025 | އަންގާރަ 11:10
Writer Profile Picture
ރާއްޖެ އެމްވީ
އިރާގުގެ އިމާމް ޢަލީ އަސްކަރީ މަރުކަޒަށް ހަމަލާ ދީފި: ރިޕޯޓު

އަލް ސުމަރިއްޔާ ޓީވީ ނެޓްވަރކުން ބުނާ ގޮތުގައި، އިރާގުގައި ހުންނަ އިމާމް ޢަލީ އަސްކަރީ މަރުކަޒުގެ ރާޑަރަށް ހަމަލާ ދީފިއެވެ.

ބަޣްދާދުގައި ހުންނަ މި ޓެލެވިޜަން ޗެނަލުން މި ހަމަލާ ދިން ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ.

އިމާމް ޢަލީ އަސްކަރީ މަރުކަޒު ހުންނަނީ އިރާގުގެ ދީ ގާރު ގަވަރނޯރޭޓުގައެވެ. އަދި އެ ސަރަޙައްދުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ނަސިރިއްޔާގެ ދެކުނު-ހުޅަނގު ފަރާތުގައެވެ.

24 ޖޫން 2025 | އަންގާރަ 06:44
Writer Profile Picture
ރާއްޖެ އެމްވީ
އިރާޤުގެ ބަލަދު އަސްކަރީ މަރުކަޒަށް ހަމަލާއެއް ދީފިކަމަށް ރިޕޯޓުކުރެވޭ

ކުރުދިސްތާން24 ނިއުސް ޗެނަލްގެ ބަޣްދާދުގައި ހުރި ނޫސްވެރިޔާ ދީފައިވާ މަޢުލޫމާތަށް ބިނާކޮށް، އެ ޗެނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާޤުގެ ބަލަދު އަސްކަރީ މަރުކަޒަށް ހަމަލާއެއް ދީފިއެވެ.

އިރާޤުގެ ވެރިރަށް ބަޣްދާދުގެ އުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ ސަލާހުއްދީން ޕްރޮވިންސްގައި ހުންނަ މި މަރުކަޒަށް ދިން ހަމަލާގައި މީހުންނަށް ގެއްލުން ލިބުނު ކަމުގެ ނުވަތަ ތަނަށް ގެއްލުން ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ވަގުތުން ލިބިފައެއް ނުވެއެވެ.

މީގެ ކުރިން އީރާނުގެ ތަސްނިމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އަސްކަރީ މަރުކަޒުގެ ގޮތުގައި އިރާޤުގައި ބޭނުންކުރެވުނު މި މަރުކަޒުގެ ތެރޭގައި ދެ ގޮވުމެއްގެ އަޑު އިވިފައިވެއެވެ.

24 ޖޫން 2025 | އަންގާރަ 06:39
Writer Profile Picture
ރާއްޖެ އެމްވީ
ޔޫއޭއީ، ބަހްރެއިން، ކުވެއިތުގެ ވައިގެ ސަރަހައްދު ހުޅުވާލައިފި

އީރާނުގެ މިސައިލް ހަމަލާ އާ ގުޅިގެން ރައްކައުތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދު ކުރި ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހަައްދު އަލުން ހުޅުވާލައިފި ކަމަށް އެ ގައުމުތަކުން ބުނެފިއެވެ.

24 ޖޫން 2025 | އަންގާރަ 02:07
Writer Profile Picture
ރާއްޖެ އެމްވީ
ކުވެއިތުގެ ވައިގެ ސަރަޙައްދު އަލުން ހުޅުވައިފި

ކުވެއިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ، ކުޑަ ވަގުތުކޮޅަކަށް ބަންދުކުރުމަށްފަހު އެ ޤައުމުގެ ވައިގެ ސަރަޙައްދު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ކުވެއިތު އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް އާންމު ޙާލަތަށް އައިސްފައިވާ ކަމަށެވެ.

24 ޖޫން 2025 | އަންގާރަ 01:26
Writer Profile Picture
ރާއްޖެ އެމްވީ
ޤަތަރުން ބުނަނީ އީރާނުގެ ހަމަލާއަށްފަހު ސަލާމަތީ ހާލަތު ހަމަޔަކަށް އެޅިފައިވާ ކަމަށް

ޤަތަރުގެ ދާޚިލީ ކަންކަމާބެހޭ މިނިސްޓްރީން ބުނެފައިވަނީ އީރާނުގެ ހަމަލާއާ ގުޅިގެން "ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް" ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބާރުއަޅާފައިވަނީ "ސައްހަ ނޫން މަޢުލޫމާތު ނުފެތުރުން މުހިންމުކަމަށެވެ".

އެ މިނިސްޓްރީން ޤައުމުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ "ރަސްމީ ފަރާތްތަކުން ނެރެފައި ނުވާ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރުމުން ނުވަތަ އަލުން ޕޯސްޓް ކުރުމުން ދުރުހެލި ވުމަށެވެ".

މިނިސްޓްރީން ޔަގީންކަން ދީފައި ވަނީ "ރައްޔިތުންނާއި ގައުމުގައި ދިރިއުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމު ދިރިއުޅުމުގެ ކަންކަން އާންމު ހާލަތެއް ގައި ބެހެއްޓުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ" ކަމަށެވެ.

24 ޖޫން 2025 | އަންގާރަ 01:06
Writer Profile Picture
ރާއްޖެ އެމްވީ
ޚާމަނާއީ ވިދާޅުވަނީ އިރާނުން އެއްވެސް ފަރާތެއްގެ އަނިޔާވެރިކަން ޤަބޫލެއް ނުކުރާނެ ކަމަށް

އިރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތު ﷲ އަލީ ޚާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓުން ކުރެއްވި މެސެޖެއްގައި ވިދާޅުވަނީ، އިރާނުން އެއްވެސް ފަރާތަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށާއި، އެއްވެސް ޙާލަތެއްގައި އެއްވެސް ފަރާތެއްގެ އަނިޔާވެރި ކަމެއް ޤަބޫލެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ފަރާތެއްގެ އަނިޔާވެރިކަމަކަށް ބޯ ނުލަނބާނަމެވެ؛ މިއީ އިރާނުން ގަބޫލު ކުރާ ހަމައެވެ."

24 ޖޫން 2025 | އަންގާރަ 01:00
Writer Profile Picture
ނާޒުމީ ސައީދު
އެއަރ އިންޑިއާއިން ގަލްފް ސަރަޙައްދުގެ މަތިން ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފި

އެއަރ އިންޑިއާއިން ވަނީ ގަލްފް ސަރަޙައްދުގެ މަތިން ދަތުރުކުރާ އެ ކުންފުނީގެ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައެވެ.

24 ޖޫން 2025 | އަންގާރަ 00:26
Writer Profile Picture
ނާޒުމީ ސައީދު
ގަލްފް އެއަރގެ ޖީއެފް145 މާލެއިން ބަޙްރެއިނަށް ދަތުރުކުރަމުންދިޔަ ފްލައިޓްގެ މިސްރާބު ބަދަލުކޮށްފި

ގަލްފް އެއަރގެ ޖީއެފް145 މާލެއިން ބަޙްރެއިނަށް ދަތުރުކުރަމުންދިޔަ ފްލައިޓް އޮމާނުގެ މަސްކަޓަށް މިސްރާބު ބަދަލުކޮށްފިއެވެ.

23 ޖޫން 2025 | ހޯމަ 23:47
Writer Profile Picture
ނާޒުމީ ސައީދު
ޕަރތު އިން ލަންޑަނަށް ދަތުރުކުރަމުންދިޔަ ކަންޓާސް ފްލައިޓް QFA9 ރާއްޖެމަތިން ދަތުރުކުރުމަށްފަހު މިސްރާބު ބަދަލުކޮށްފި

ޕަރތު އިން ލަންޑަނަށް ދަތުރުކުރަމުންދިޔަ ކަންޓާސް ފްލައިޓް QFA9 ވަނީ ދިވެހިރާއްޖޭގެ މަތިން ދަތުރުކުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި  ދަތުރުގެ މިސްރާބު ވަނީ ބަދަލުކޮށްފައެވެ.

23 ޖޫން 2025 | ހޯމަ 23:45
Writer Profile Picture
ނާޒުމީ ސައީދު
ކުވެއިތު، ބަޙްރެއިން، ޤަތަރު، ޔޫއޭއީ: ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާއިރު ގަލްފުގެ ޤައުމުތަކުން އެއްފަހަރާ އެއަރސްޕޭސް ބަންދުކުރަން ފަށައިފި

ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާއިރު ގަލްފުގެ ޤައުމުތަކުން އެއްފަހަރާ އެއަރސްޕޭސް ބަންދުކުރަން ފަށައިފިއެވެ.

މިކަން ކުރަމުންދަނީ ސަރަޙައްދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާތީއެވެ.

23 ޖޫން 2025 | ހޯމަ 23:36
Writer Profile Picture
ނާޒުމީ ސައީދު
އީރާނުން ޤަތަރަށް މިސައިލް ހަމަލާ ދިނުމާ ގުޅިގެން ބަޙްރައިނުގައި އެއަރ ސައިރަންގެ އަޑު

އީރާނުން ޤަތަރަށް މިސައިލް ހަމަލާ ދިނުމާ ގުޅިގެން ބަޙްރައިނުގައި އެއަރ ސައިރަން އިއްވައިފިއެވެ

ބަޙްރައިނަކީ އެމެރިކާގެ ފަސްވަނަ ފްލީޓް ހިންގާ ޤައުމެވެ. މި ފްލީޓް ޢަރަބި ކަނޑާއި، ރަތް ކަނޑާއި، އިންޑިއާ ކަނޑުގައި ހަރަކާތްތެރިވެއެވެ.

23 ޖޫން 2025 | ހޯމަ 22:59
Writer Profile Picture
ނާޒުމީ ސައީދު
އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާ ދޯހާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބުނެފައިވަނީ، މި ޢަމަލުތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ޙައްޤު ރައްކާތެރިކުރާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

23 ޖޫން 2025 | ހޯމަ 22:40
Writer Profile Picture
ނާޒުމީ ސައީދު
ޤަތަރުގައި ހުންނަ އެމެރިކާގެ އަލް-އުދައިދު އެއަރބޭސްއަށް ހަމަލާތަކެއް އަމާޒުވެ، އޭގެ އަސަރު ކުރިކަން ކަށަވަރުވެއްޖެ

އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަށް ނިސްބަތްކޮށް އަލް-މަޔާދީން ނިއުސްއިން ރިޕޯޓުކުރި ގޮތުގައި ޤަތަރުގައި ހުންނަ އެމެރިކާގެ އަލް-އުދައިދު އެއަރބޭސްއަށް ހަމަލާތަކެއް އަމާޒުވެ، އޭގެ އަސަރު ކުރިކަން ކަށަވަރުވެއްޖެ

އަލް-ޤުދުސް ނިއުސްގެ ފުޓޭޖުން ދައްކާ ގޮތުގައި އެ ސަރަހައްދުން ދުން އަރާ މަންޒަރު ފެނެއެވެ. އަދި ގިނަބަޔަކު އެކަން ބަލަން ތިބިކަމަށް ރިިޕޯޓްތައް ބުނެއެވެ.

23 ޖޫން 2025 | ހޯމަ 22:25
Writer Profile Picture
ނާޒުމީ ސައީދު
ޔޫއޭއީގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި

ޔޫއޭއީގެ ވައިގެ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ. މިކަން އެނގެނީ މަތިންދާބޯޓުތަކުގެ ދަތުރުތަކުގެ މަގުތަކަށާއި، އެއަރ ޓްރެފިކް ކޮންޓްރޯލްގެ އަޑުއެހުންތަކަށް ބަލާއިރުއެވެ.

23 ޖޫން 2025 | ހޯމަ 22:20
Writer Profile Picture
ނާޒުމީ ސައީދު
ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް 6 މިސައިލް ހަމަލާތަކެއް ދީފި

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފިއެވެ.

ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް 6 މިސައިލް ހަމަލާދިފައިވެއެވެ. މިއާއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވެއެވެ.

މި ހަމަލާ ދީފައިވަނީ އެމެރިކާއިން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ދިން ހަމަލާގެ ބަދަލުގައި ދިން ހަމަލާއެކެވެ.

އީރާނުގެ ދައުލަތުގެ މީޑއާއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ މިއީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ފެށި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގެ ނަމަކީ "އޮޕަރޭޝަން ބައްޝާރަތް އަލް-ފަތް" ކަމަށެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދީފައިވާއިރު، އެ ސަރަހައްދުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އެހެން އަސްކަރީ ބޭސްތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން ޔޫއޭއީ އަދި އިރާގުން އަންނަނީ ހާލަތު ގާތުން ބަލަމުންނެވެ. މީގެ އިތުރުން އެލާޓަށް ގެނެސް ސައުދީގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހަމަލާތަކާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރުކޮޅެއްގެ ތެރޭގައި ނެޝަނަލް ސެކިއުރިޓީ ޓީމާއި ވައިޓް ހައުސްގައި ބައްދަލުކުރައްވާނެއެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަށް ދިން ހަމަލާގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

23 ޖޫން 2025 | ހޯމަ 21:50
Writer Profile Picture
ނާޒުމީ ސައީދު
އެމެރިކާގެ ހަމަލާތަކަށް "ޖަވާބު ނުދީ ދޫކޮށްނުލާނެ" ކަމަށް އީރާނުގެ ސިފައިންގެ އެންމެ އިސްވެރިޔާ ވިދާޅުވެއްޖެ

އީރާނުގެ ސިފައިންގެ އެންމެ އިސްވެރިޔާ މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސަވީ ހޯމަ ދުވަހު އިންޒާރު ވިދާޅުވީ، އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ދިން ހަމަލާތަކަށް ތެހެރާނުން ޖަވާބުދޭނެ ކަމަށެވެ.

➤ އިސްރާއީލަށް ޖަވާބުދޭނީ "އެމެރިކާގެ ހަމަލާތަކާ އެއްވަރުގެ މިންވަރަކަށް" ކަމަށެވެ. އަދި "ނަތަންޔާހޫއަށް ދޭ އަދަބު ފުރިހަމަ ބާރުގަދަކަމާއެކު ކުރިއަށް ގެންދާނީ އޭނާ ނިކަމެތިކަމަށް ވައްޓާލެވެންދެން" ކަމަށް މޫސަވީ ވަޢުދުވެވަޑައިގަތެވެ.

➤ "ލިބުނު ގެއްލުމުގެ މިންވަރު އެއްކިބާކޮށް ބަލާއިރު، މި ކުށުގެ ޒާތަށް ބަލާފައި މިކަމަށް ޖަވާބު ނުދީ ދޫކޮށްނުލާނަން" ކަމަށް މޫސަވީ ރެކޯޑުކުރެވިފައިވާ ތަޤްރީރެއްގައި ވިދާޅުވިއެވެ.

➤ "ޓްރަމްޕްގެ މި ޢަމަލަކީ އޭނާގެ ނާއިބު ބާރު ކަމުގައިވާ ޒިއޯނިސްޓް ވެރިކަން، ޚާއްޞަކޮށް ނަތަންޔާހޫ އަމިއްލައަށް ސަލާމަތްކުރުމަށް ކުރި މާޔޫސްކަމުގެ ޢަމަލެކެވެ."

➤ "ނަތަންޔާހޫ ބަލިވެ ދެރަވުމުގެ ނިޝާންތައް ޓްރަމްޕަށް ފެނުމުން، މި ޙާލަތުގެ ބޭނުން ހިފައި އޭނާއަށް ނުފޫޒު ފޯރުވުމަށް ޓްރަމްޕް ނިންމެވިއެވެ.

23 ޖޫން 2025 | ހޯމަ 21:46
Writer Profile Picture
ނާޒުމީ ސައީދު
ސީރިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާއެއް ދީފި

ސީރިއާގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާއެއް ދީފައިވާ ކަމަށް ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވޯކް (ސީޖީޓީއެން) އިން ހާމަކޮށްފައިވެއެވެ.

23 ޖޫން 2025 | ހޯމަ 21:38
Writer Profile Picture
ނާޒުމީ ސައީދު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަ ނުދީ ހެފެހެއްޓުމަށް އެމެރިކާގެ ރައީސް ގޮވާލައްވައިފި

މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލިއްޖެ ނަމަ އެމެރިކާގެ ދުޝްމަނުން، އޭގެ ފައިދާ ނަގާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި

23 ޖޫން 2025 | ހޯމަ 21:28
Writer Profile Picture
ނާޒުމީ ސައީދު
ޤަތަރުގައި ތިބި ޒިޔާރަތްތެރިންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވަގުތީގޮތުން އެ ޤައުމުގެ މަތީ ސަރަޙައްދު ބަންދުކޮށްފި

ޤަތަރުގެ ފޮރިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޤަތަރުގައި ތިބި ޒިޔާރަތްތެރިންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވަގުތީގޮތުން އެ ޤައުމުގެ މަތީ ސަރަޙައްދު ބަންދުކޮށްފައެވެ.

23 ޖޫން 2025 | ހޯމަ 21:02
Writer Profile Picture
ރާއްޖެ އެމްވީ
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ބަދަލުހިފުމާމެދު އީރާނަށް އިންޒާރުދެއްވައިފި

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، ޑޭވިޑް ލެމީ ވަނީ އީރާނުގެ ފޮރިން މިނިސްޓަރާ ސީދާ ވާހަކަ ދައްކަވާފައިވާކަން ކަށަވަރުކު ކޮށްދެއްވާފައެވެ. އަދި ސަރަޙައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ބެހޭ ސާފު މެސެޖެއް ފޯރުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އީރާނަށް ދެންނެވީ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީގެން ނުވަތަ މުހިންމު ކަނޑުދަތުރުފަތުރުގެ މަގެއްކަމުގައިވާ ސްޓްރެއިޓް އޮފް ހޯމޫޒް ބަންދުކޮށްގެން ބަދަލުހިފުމަކީ ނުހަނު ބޮޑު ކާރިސާ އަކަށް ވެގެންދާނެ ކަމެއްކަމަށް،" ޔޫކޭގެ ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ވަނީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ދުރުހެލިވާން މަސައްކަތްކޮށްފައެވެ. އިއްޔެ އިނގިރޭސި ބޮޑުވަޒީރު ކީއަރ ސްޓާމަރ ވިދާޅުވީ، އިނގިރޭސިވިލާތުން މި އަސްކަރީ ޢަމަލުގައި ބައިވެރިވެފައި ނުވާކަމަށާއި، އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމުގެ މުހިންމުކަމަށް ބާރުއަޅުއްވާކަމަށެވެ.

23 ޖޫން 2025 | ހޯމަ 19:27
Writer Profile Picture
ރާއްޖެ އެމްވީ
"އީރާނުން އެންމެ ފަހު ވަގުތާ ޖެހެންދެން ހަނގުރާމަ ކުރާނަން" ސަރުކާރުގެ އިސް އޮފިޝަލް

އީރާނުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސަޢީދު ޚަތީބް ޒާދާ ވިދާޅުވެފައި ވަނީ، ހަނގުރާމަ އަށް ހޭދަވާނެ ކޮންމެ މުއްދަތަކަށް ހަނގުރާމަ ކުރުމަށް އީރާނުން ތައްޔާރަށް ތިބިކަމަށެވެ.

އަލްޖަޒީރާ އަށް ދެއްވި އިންޓަވިއު އެއް ގައި އޭނާ ވިދާޅުވީ، އިސްރާއީލުގެ "ބޭއަދަބީ އަދި ނުރައްކާތެރި.. ޢަމަލުތައް" ހުއްޓުވުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚަތީބްޒާދާ އިތުރަށް ވިދާޅުވީ، ޖޫން 13 ގައި ފެށުނު އިސްރާއީލުގެ "އަނިޔާވެރި" އަދި "ހަމަލާ ދިނުމަށް އެއްވެސް ސަބަބެއް ނެތް" ހަމަ އެއް ނެތް" ހަމަލާ ތަކަށް "ޖަވާބު ދިނުމަށް" އެ ޤައުމުން ވަރަށް ބޮޑަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނަން،" އޭނާ ވިދާޅުވިއެވެ. އަދި އީރާނުން އިރާޤާއެކު 1980-1988 ގައި ކުރި ހަނގުރާމައަކީ އެ ޤައުމު ދިފާޢު ކުރުމަށް ކުރާނެ ކަންތައްތަކުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން އެންމެ ފަހު ވަގުތާ ހަމަ އަށް ދިއުމަށް ތައްޔާރަށް މިތިބީ."

23 ޖޫން 2025 | ހޯމަ 18:09
Writer Profile Picture
ރާއްޖެ އެމްވީ
އެމެރިކާގެ ހަމަލާ އާ ގުޅިގެން ސަރަހައްދީ ހަނގުރާމަ އެއްގެ ބިރު ބޮޑު: ތަޖުރިބާކާރު

އެމެރިކާ އިން ކުއްލި ގޮތަކަށް އިސްރާއީލަށް ދިން ހަމަލާ އާ ގުޅިގެން ސަރަހައްދުގައި ތިބި އީރާނުގެ އެކުވެރިންނާއި ޕްރޮކްސީތަކުން ތެހެރާނުން ހަމަލާދިނުމުގެ އިޝާރާތަކަށް އިންތިޒާރު ނުކޮށްފާނެ' ކަމަށް ތަޖުރިބާކާރަކު ބުނެފިއެވެ.

އޮސްޓްރޭލިއާގެ ޑީކިން ޔުނިވަރސިޓީގެ މިޑްލް އީސްޓް ސްޓަޑީޒް ފޯރަމްގެ ޑައިރެކްޓަރ ޝަހްރާމް އަކްބަރްޒާދެހް ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކާ ގުޅިގެން ސަރަޙައްދީ ހަނގުރާމައެއްގެ "ވަރަށް ބޮޑު ކަންބޮޑުވުމެއް" އޮތް ކަމަށެވެ.

އޭނާ އަލްޖަޒީރާ އަށް ބުނެފައިވަނީ، އީރާނުން މި ހަމަލާގެ ބަދަލު ހިފުމުގެ ޙައްޤު އޮތްކަން ސާފުކޮށް ބުނެފައިވީ ނަމަވެސް، ސަރަޙައްދުގައި ތިބި އެ ޤައުމުގެ އެކުވެރިން ރަސްމީ އަމުރަކަށް އިންތިޒާރު ނުކޮށްފާނެ ކަމަށެވެ.

އޭގެ މާނައަކީ އީރާނުގެ އިޝާރާތެއް ނެތް ނަަމަވެސް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާތައް އައުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

22 ޖޫން 2025 | އާދީއްތަ 08:43