ކ. މާލެ
|
12 މެއި 2021 | ބުދަ 17:44
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ރައީސް އޮފީސް
ރައީސް ގައުމާ މުޚަތަބު ކުރެއްވުން
ރައީސް ސާލިހު މިރޭ ގައުމާ މުޚާތަބު ކުރައްވަނީ
އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ މިރޭ 7:00 ގައި
ހުރިހާ ރޭޑިއޯ ޓީވީތަކުން ރައީސްގެ ވާހަކަފުޅު ލައިވްކުރާނެ

ރައީސް އިބްރާހީމް މުޙައްމަދު ސާލިހު މިރޭ ގައުމާ މުޚާތަބު ކެރައްވުމަށް ނިންމަވައިފިއެވެ.

އެމަނިކުފާނު ގައުމާއި މުޚާތަބު ކުރައްވާނީ މިރޭ 7:00 ގައެވެ. ރައީސްގެ ވާހަކަފުޅު ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަނަކުން ވަގުތުން ދުރަށް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް ގައުމާ މުޚާތަބު ކުރެއްވުމަށް ނިންމަވާފައި މިވަނީ އެމްއެމްޕިއާރްސީގެ ޚިޔާނާތުގެ ލިސްޓް މަޖިލީހުން އާންމުކޮށްފައި ވަނިކޮށެވެ. އަދި ކޮވިޑުގެ ކަންތައް ނުރައްކާވެ ފުލް ލޮކްޑައުނަކަށް ދިޔުމުގެ ގޮވެލި ހަރުވެފައިވަނިކޮށެވެ.

މަޖިލީހުން ބުދަދުވަހު އާންމުކުރި ލިސްޓުގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި މި ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެއެވެ. އަދި ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގަޔާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނެއެވެ.

- ކޮމެންޓް