ކ. މާލެ
|
2 މެއި 2021 | އާދީއްތަ 10:51
މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރި ދަތުރެއްގެ ތެރެއިން- މޯޑިވިއަނުން ޑާކާ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު
މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރި ދަތުރެއްގެ ތެރެއިން- މޯޑިވިއަނުން ޑާކާ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު
މޯލްޑިވިއަން
ޑާކާއަށް ސީދާ ދަތުރުތައް ފެށުން
މޯލްޑިވިއަން އިން ޑާކާއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް އަނެއްކާވެސް ފަށަނީ
ދަތުރުތައް ފަށާނީ މިހިނގާ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން
މިދިޔަ މާރޗު މަހުގެ ތެރޭގައި ޑާކާއަށް ހަފްތާއަކު 4 ފްލައިޓު ބޭއްވި
މޯޑިވިއަނުން ޑާކާ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު

ބަނގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް އަނެއްކާވެސް ފަށަން ނިންމާފައިވާކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ހަފްތާއަކު ތިން ދުވަހު ޑާކައަށް ސީދާ ފުލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށާއި، ދަތުރުތައް ފަށާނީ މިހިނގާ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މޯލްޑިވިއަން އިން މީގެ ކުރިން ވަނީ ކޮންމެ ހަފްތާއަކު 4 ދުވަހު ޑާކައަށް ސީދާ ފުލައިޓްތައް ބާއްވާފައެވެ. އެގޮތުން މިދިޔަ މާރޗު މަހުގެ ތެރޭގައި ޑާކާއަށް ހަފްތާއަކު 4 ފްލައިޓު ބާއްވާފައިވާއިރު، އޭރު އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހުގެ އިތުރުން، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ވެސް ފްލައިޓު ބޭއްވުމަށް ނިންމިއެވެ.

މޯޑިވިއަނުން ޑާކާ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު މޯލްޑިވިއަނުން ޑާކާ އަށް ސީދާ ފްލައިޓްތައް ބާއްވަނީ ކޮންމެ ހަފްތާއަކު ދެ ދުވަހުއެވެ. އެއީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުލުވާލާފައިވާ އިރު، ރާއްޖެއިން ބޭރަށް ފުރާ އަދި އަންނަ ފަސިންޖަރުން އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް