ކ. މާލެ
|
9 މެއި 2017 | އަންގާރަ 12:54
ދިވެހި ފައިސާ: ފަސްރުފިޔާގެ ޕޮލިމާ ނޫޓް ނެރެނީ -- ފޮޓޯ:ރާއްޖެ އެމްވީ
ދިވެހި ފައިސާ: ފަސްރުފިޔާގެ ޕޮލިމާ ނޫޓް ނެރެނީ -- ފޮޓޯ:ރާއްޖެ އެމްވީ
ރާއްޖެއެމްވީ
ފަސް ރުފިޔާ
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
 
ދެ ރުފިޔާގެ ފައިސާ ފޮއްޗެއްވެސް ނެރުމަށް ވަނީ ނިންމާފައި

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހު ތައާރަފު ކުރުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

 

އެމްއެމްއޭގެ އޮފިޝަލަކު  ވިދާޅުވީ  މި ނޫޓުގެ ސައިޒު މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުވާނެ ކަމަށެވެ. އަދި ޑިޒައިން ވެސް ހުންނާނީ އެއް ކޮންސެޕްޓަކަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ފަސް ރުފިޔާގެ އާ ނޫޓުވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތުކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

 

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

 

އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެެއް ނެރުމަށެވެ.

 

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރުމަށް ވެސް އެމްއެމްއޭ އިން ވަނީ ހަމަޖައްސައިފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް