ކ. މާލެ
|
18 އޭޕްރިލް 2021 | އާދީއްތަ 17:01
އަތުލައިގަނެވުނު މަސްތުވާތަކެތި
އަތުލައިގަނެވުނު މަސްތުވާތަކެތި
ކަސްޓަމްސް
4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި
4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މިތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި
މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ނައިޖީރިއާއާއި ޖަމައިކާއިން

ރާއްޖެ އެތެރެކުރަން އުޅުނު  4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިތަކެއްޗަކީ ކުރިއަރ މަގުން، ތަފާތު ދެފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން މިތަކެތި އަތުލައިގެންފައިވަނީ، އޭޕްރީލް 17 ވީ ހޮނިހިރު ދުވަހު ރާއްޖެ އެތެރެ ކޮށްފައިވާ ޕާރްސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެގޮތުން އަތުލައިގެން މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ނައިޖީރިއާއިން އެތެރެ ކޮށްފައިވާ 1032 ގްރާމްގެ ކޮކެއިންއާއި، ޖަމައިކާއިން އެތެރެކުރި 547 ގްރާމްގެ ކޮކެއިންއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1579 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަށް ޖުމްލަ 4737000 (ހަތަރު މިލިއަން ހަތްލައްކަ ތިރީސް ހަތްހާސް) އަރާނެކަމަށް ކަސްޓްމްސް އިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން މިހާރު ވަނީ އެތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.


Advertisement
- ކޮމެންޓް