މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބަހައްޓާފައިވާ މުދާ ނީލަން ކިޔަން އެމްޕީއެލްއިން ނިންމައިފިއެވެ.
ނީލަން ކިޔާ މުދާ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްރީލް 19ވަނަ ދުވަހު ހެނދުނު 10:00 ގެ ކުރިން މުދާ ބެލުމަށް އެދޭ ފޯމް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެމްޕީއެލުން ބުންޏެވެ. އަދި މުދާ ބެލުން އޮންނާނީ ހަމަ އެ ދުވަހުގެ ހަވީރު 4:30ގައެވެ. އެމްޕީއެލުން ބުނީ މުދާބެލުމަށް ދާއިރު ޕޯޓް ގެ ގަވާއިދާ އެއްގޮތަށް ބޫޓް، ވެސްޓް އަދި ހެލްމެޓް ހިފައިގެން ދާންޖެހޭ ކަމަށެވެ.
ނީލަމުގައި ބައިވެރިވެވޭނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ. ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ފަރާތްތަކަށް ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.
ނީލަން ކިޔުން އޮންނާނީ، 21 އޭޕްރިލް 2021 ވާ ބުދަ ދުވަހު 14:00 ން ފެށިގެން، އެމްޕީއެލް ހެޑް އޮޕީހުގެ ބަނދަރު މާލަމުގައި ކަމަށް އެމްޕީއެލުން މައުލޫމާތު ދެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/84717e4c-5f36-4bd6-ab42-6e3e83bf8b5d.png)
އެމްޕީއެލްއިން ބުނީ، މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ އެ ކުންފުނީގައި މުދާ ނީލަން ކިޔުމަށް ހެދިފައިވާ ގަވާއިދުގެ ދަށުން ކަމުގައެވެ. މި ނީލަމާއިބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބެން ހުންނާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.