ކ. މާލެ
|
14 މާރޗް 2021 | އާދީއްތަ 19:10
ޗައިނާގެ ކުންފުންޏަކުން ހެދި ސްރީލަންކާގެ ދިދަ
ޗައިނާގެ ކުންފުންޏަކުން ހެދި ސްރީލަންކާގެ ދިދަ
އިންޑިއާ ޓައިމްސް
ލަންކާ ދިދައަށް އިހާނެތިކޮށް ހިތުން
ޗައިނާއިން ލަންކާ ދިދައަށް އިހާނެތިކޮށް ހިތުމުން ދެ ގައުމުގެ ގުޅުން ގޯސްވެއްޖެ
ލަންކާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި
ގައުމުތަކުގެ ދިދައަކީ އެގައުމުގެ ޝަހްސިއްޔަތު ރަމްޒު ކޮށްދެ ރަމްޒު

ޗައިނާގެ ކުންފުންޏަކުން ހެދި ލަންކާ ދިދަތަކެއްގައި އެގައުމުގެ ދިދައަށް އިހާނެތިކޮށް ހިތާފައި ހުރުމުން ދެގައުމުގެ ގުޅުމަށް ބުރު އަރާފިއެވެ.

ލަންކާގެ ހާރިޖިއްޔާއިން ބުނީ ޗައިނާގެ ކުންފުންޏަކުން ހެދި ލަންކާ ދިދަތަކެއްގައި އެގައުމުގެ ދިދައަށް އިހާނެތިކޮށް ހިތާފައި ހުރުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މިއީ ޗައިނާ ސަރުކާރު އަޑީގައި އޮވެ ލަންކާގެ އަގު ވަށްޓާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އެގައުމުގެ ހާރިޖިއްޔާއިން ވަނީ ސިފަކޮށްފައެވެ.

ޗައިނާގެ ކުންފުންޏަކުން ފަރުމާކުރި ލަންކާގެ ދިދަ ވަނީ ބެއިޖިންގައި ހުންނަ ލަންކާ އެމްބަސީގައި ނަގާފައެވެ. އެއާއިއެކު ދިދައިގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފޮޓޯއިން ފެންނަ ގޮތުގައި ލަންކާ ދިދައިގެ މަތި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެއާއިއެކު ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީގެ ސަމާލުކަމަށް މިކަން ލަންކާގެ ސަރުކާރުން ވަނީ ގެނަސްފައެވެ. ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ޗައިނާއިން އަޅާނުލާ ކަމަށް ލަންކާގެ ސަރުކާރުން ބުނެއެވެ.

ލަންކާގެ އިތުރުން މިކަން ސައުތު އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެގެ ތެރޭގައި ނޭޕާލާއި އިންޑިއާ ހިމެނެއެވެ. މި ދެގައުމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައުމެއްގެ ދިދަ ނަހަމަގޮތުގައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި، ދިދައަކީ އެގައުމުގެ ޝަހްސިއްޔަތު ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
ކޮމެންޓް
- ގުޅުންހުރި
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
ލަންކާގެ 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދެއްކުން ފަސްކޮށްފި
ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ އިންޒާރު ޗައިނާ އަށް، ރަޝިއާ އަށް އެހީވަންޏާ އޭގެ އަގު އަދާ ކުރަން ޖެހޭނެ
ޗައިނާގެ ރައީސް ޝީ، އާއި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުފަން ދުވަހުގެ ތަހުނިޔާގެ ސިޓީ ފޮނުއްވައިފި
މިހާތަނަށް ބެލި ބެލުމުން މަރުވެފައި ތިއްބާ ފެނުނު މީހުންނާއި، ޗައިނާ ވައިޓާއި ގުޅުން ހުރި ކަމަށް ފެންނަން ނެތް - ފުލުހުން
ޗައިނާތަ؟ 100 އިންސައްތަ އަސްލު ކަމާ މެދު ޝައްކު ކޮށްފަ ނުކުރާނެ ކަމެއް ހަމަ ނެތް!
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ