Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 05:43
ފުލުހުން، ކްރައިމް ސީނެއް ބަންދުކޮށްފައި -- ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޖަހަމްކޮށްލައިފަ
ފުލުހުން، ކްރައިމް ސީނެއް ބަންދުކޮށްފައި -- ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޖަހަމްކޮށްލައިފަ
ރާއްޖެ އެމްވީ
މާރާމާރި
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ހަމަލާދިން މީހާއަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން
ހަމަލާދީ ޒަޙަމްކޮށްލާފައިވަނީ އުމުރުން 15 އަހަރުގެ ޒުވާނެއް
އޭނާގެ މޫނުގެ ދެ ތަނަކަށް ހަމަލާ ދީފައިވާއިރު ބޮލަށްވެސް ވަނީ ހަމަލާދީ ޒަހަމްކޮށްލާފަ

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ 10:23 ހާއިރު މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް މައްސަލަ ހުށަހެޅިފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

އަންގާރަ ދުވަހުގެރޭގެ ހަމަލާގައި ޒަހަމްވި މީހާއަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީ ޒަޙަމްކޮށްލާފައިވަނީ އުމުރުން 15 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާގެ މޫނުގެ ދެ ތަނަކަށް ހަމަލާ ދީފައިވާއިރު ބޮލަށްވެސް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް