ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 22:00
ޕިއްޒާބޯނާގެ ޕިއްޒާ - ވެކްސިން ޖެހުމުން ޕިއްޒާ ބޯނާއިން ހާއްސަ އޮފާރއެއް ދޭން ވަނީ ނިންމާފައި
ޕިއްޒާބޯނާގެ ޕިއްޒާ - ވެކްސިން ޖެހުމުން ޕިއްޒާ ބޯނާއިން ހާއްސަ އޮފާރއެއް ދޭން ވަނީ ނިންމާފައި
ޕިއްޒާބޯނާ
ޕިއްޒާ ބޯނާ ވެކްސިން ޕްރޮމޯޝަން
ވެކްސިން ޖަހާ ފަރާތްތަކަށް ޕިއްޒާ ބޯނާގެ ހާއްސަ އޮފާރއެއް
 
ވެކްސިން ޖެހުމުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ
 
ވެކްސިން ކާޑު ހިފައިގެން ދިއުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
 
ޕްރޮމޯޝަން ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ ނިޔަލަށް

ކޮވިޑް-19 ވެކްސިން ޖަހާ ފަރާތްތަކަށް ހާއްސަ އޮފަރ އެއް ޕިއްޒާ ބޯނާއިން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޕިއްޒާ ބޯނާއިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ވެކްސިން ކާޑު ހިފައިގެން ޕިއްޒާ ގަންނަންދާ ފަރާތްތަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ހިދުމަތް ލިބިގެންދާނީ ހަމައެކަނި ޓޭކްއަވޭ އޯޑަރުތަކަށް ކަމަށް ޕިއްޒާ ބޯނާއިން ބުނެއެވެ.

އެކުންފުނިން ބުނީ މިގޮތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމީ ޕިއްޒާ އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކެއުމަކަށް ވެފައި، މި ޕްރޮމޯޝަންގެ ސަބަބުން ވީހާވެސް ގިނަ ޒުވާނުން ކޮވިޑް19 ވެކްސިން ޖެހުމަށް ހިތް ޖެއްސުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށް ބުނެއެވެ.

ޕިއްޒާ ބޯނާގެ ޕިއްޒާ އަކީ މާލޭގައި ލިބެން ހުންނަ ޕިއްޒާތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޕިއްޒާއެވެ. ތަފާތު ބާވަތްތަކުގެ ޕިއްޒާ ލިބެން ހުންނަ އިރު، ތަފާތު ހަފްލާތަކަށް ހާއްސް ޕިއްޒާވެސް ލިބެން ހުރެއެވެ. ޕިއްޒާ ބޯނާގެ ޕިއްޒާ މާލޭގެ އިތުރުން ހުޅުމާލެއިން ވެސް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް