ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 16:14
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޕިއްޒާ ބޯނާގެ ޚާއްސަ ކުރެހުމުގެ ޗެލެންޖެއް
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޕިއްޒާ ބޯނާގެ ޚާއްސަ ކުރެހުމުގެ ޗެލެންޖެއް
ޕިއްޒާބޯނާ
ޕިއްޒާ ބޯނާގެ ކުރެހުމުގެ ޗެލެންޖު
ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
 
ޕިއްޒާ ބޯނާ ޓެގްކޮށް، އެކުރެހުމުގެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީއަށް އަޕްލޯޑްކުރަންޖެހޭ
 
މިކުރެހުމުގެ ޗެލެންޖުގައި ބައިވެރިވެވޭނީ 1 ޖެނުއަރީ 2024 އާހަމައަށް 12 އަހަރު ނުވާ ކުޑަ ކުދިންނަށް
 
ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭ ކުރެހުންތައް ޑިސްކޮލިފައިކުރާނެ

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ލިބޭނެ ކަމަށް ޕިއްޒާ ބޯނާއިން ބުނެފިއެވެ.

ޕިއްޒާ ބޯނާއިން ބުނީ، މެނޫއިން އެކުއްޖަކަށް އެންމެ ކަމުދާ ޕިއްޒާ ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން ޕިއްޒާ ބޯނާ ޓެގްކޮށް، އެކުރެހުމުގެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީއަށް އަޕްލޯޑްކުރަންޖެހޭ ކަމަށާއި، އެކުއްޖެއްގެ އަމިއްލަ އެކައުންޓެއް ނެތް ނަމަ ބެލެނިވެރިޔާގެ އެކައުންޓުން ވެސް ސްޓޯރީއަށް ޝެއަރ ކުރެވޭނެ އެވެ. A4 ސައިޒަށް ކުރަހާއިރު، ފެން ކުލަ ފިބާ، މާކަރު ފަދަ ތަކެތި ބޭނުންކުރެވޭނެއެވެ. ނަމަވެސް ޑިޖިޓަލް ކުރެހުން ބަލައި ނުގަންނާނެ ކަމަށް ޕިއްޒާ ބޯނާއިން ބުނެއެވެ.

މީގެ އިތުރުން ޕިއްޒާ ބޯނާއިން ބުނީ ކުދިންގެ ކުރެހުން މާފަންނު، ހެންވޭރުގެ އައުޓްލެޓް އަދި ހުޅުމާލޭގެ ފޭސް-1 އަދި ފޭސް-2 ގެ އައުޓްލެޓުން ބަލަައިގަންނާނެ ކަމަށެވެ. ކުރެހުން 12، 13 މެއި މިދެދުވަހު ހުށަހެޅޭނެ ކަމަށް ޕިއްޒާ ބޯނާއިން ބުނެއެވެ. މި ކުރެހުމުގެ ފަހަތުގައި ކުއްޖާގެ ނަން، އައިޑީކާޑު ނަންބަރު އަދި ބެލެނިވެރިޔާއަށް ގުޅޭނެ ނަންބަރު ލިޔަންޖެހެއެވެ.

މިކުރެހުމުގެ ޗެލެންޖުގައި ބައިވެރިވެވޭނީ 1 ޖެނުއަރީ 2024 އާހަމައަށް 12 އަހަރު ނުވާ ކުޑަ ކުދިންނަށް އެކަންޏެވެ.

ޕިއްޒާ ބޯނާއިން ބުނީ މިޗެލަންޖުގައި ބައިވެރިވާ ހުރިހާ ކުދިންނަށް ކުރެހުން ހުށަހެޅުމުން ޕިއްޒާ ބޯނާގެ ފަރާތުން ހިލޭ ފިއްޒާއެއްގެ ގިފްޓް ވައުޗަރ އެއް ލިބޭނެ ކަމަށާއި، ވެރިފިކޭޝަން ހުއްދައަށް ކުއްޖާގެ އައިޑީކާޑު ބޭނުންވާނެ ކަމަށެވެ. އަދި މި ޗެލަންޖުގައި ކުދިން ބައިވެރިވާ ހިސާބުން އެކުއްޖާގެ ކުރެހުން ޕިއްޒާ ބޯނާގެ އެކިއެކި ޕްރޮމޯޝަންތަކުގައި ބޭނުންކުރާނެ ކަމަށާއި، އެ ބޭނުންކުރުމުގެ ހުއްދަ ވެސް ބެލެނިވެރިން ދޭންޖެހޭ ކަމަށް ބުނެފައިވެއެވެ.

ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭ ކުރެހުންތައް ޑިސްކޮލިފައި ކުރުމުގެ ހައްގު ޕިއްޒާ ބޯނާއަށް ލިބޭނެއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޕިއްޒާ ބޯނާއިން ހިލޭ ޕިއްޒާދޭއިރު، މިދިޔަ އަހަރު ވެސް މިފަދަ ޗެލެންޖެއް ކުރިއަށް ގޮސް ގާތްގަނޑަކަށް 500ށް ވުރެ ގިނަ ކުޑަ ކުދިންނަށް ހިލޭ ޕިއްޒާ ދީފައިވެއެވެ. ޕިއްޒާ ބޯނާގެ ޕިއްޒާއަކީ ރަހަމީރޫ ދިވެހިންގެ މެދުގައި މަގުބޫލު ޕިއްޒާއެކެވެ.

ޚާއްސަ ދުވަސްދުވަހާއި ގުޅިގެން ޚާއްސަ ޕްރޮމޯޝަންތަކާއި ޗެލެންޖުތައް ކުރިއަށް ގެންދާތީ، ގިނަ ބައެއްގެ ތައުރީފް ޕިިއްޒާ ބޯނާއަށް ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
50%
0%
0%
0%
ކޮމެންޓް