ކ. މާލެ
|
1 މެއި 2017 | ހޯމަ 05:53
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ރައީސް ޔާމިންއާއި އެކީ ފެންނަން އޮތީ އަނދިރި ދުވަސްތަކެއް: ނިޒާރު
ބްރިޖަކުން ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ
ކައުންސިލަރުންނަށް އަސްލު ބާރުތައް ހޯދާދީފައި ނެތް

ރައީސް އަބްދުﷲ ޔާމިންއާއި އެކު ކުރިއަށް  ފެންނަން އޮތީ އަނދިރި ދުވަސްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

 

މަޑިފުށީ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ ރައްޔިތު މީހާއަށް ފުއްދުންތެރި މިނިވަން ތަރައްޤީއެއް އަންނަން ޖެހޭ ކަމަށް ސަރުކާރުން ޤާބޫލު ނުކުރާ ކަމަށާއި އެހެންކަމުން ރައީސް ޔާމިންއާއި އެކީ ރައްޔިތުންނަށް ފެންނަން އޮތީ ބަނަ ދުވަސްތަކެއް ކަމަށެވެ.

 

ރައީސް ޔާމިންގެ ސިޔާސަތުން ރައްޔިތުންނަށް ފުއްދުންތެރިކަން ގެނެސްދޭން މަސައްކަތް ކުރާ މަންޒަރެއް ނުފެންނަ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ބާރު ލިބޭ ނިޒާމެއް ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން ރަށްރަށް ބޭނުންކުރަނީ ނާޖާއިޒުގެ ގޮތުގައި ކަމަށް ނިޒާރު ވިދާޅުވި އެވެ.  

 

"ސިޔާސީ ދީނީ އަދި އިޖަތިމާއީ ތަރައްޤީ ގެނެސްދޭނެ. މިރަށުގެ ރައްޔިތުންގެ ވިންދު ނޭނގޭނެ މާލޭގައި ހުންނަ މީހާއަށް. މިނިޒާމް ކާމިޔާބުކަމާއި އެކު ތަރައްޤިވެފައި އެބައޮތް. ކައުންސިލަރުންނަށް އަސްލު ބާރުތައް ހޯދާދީފައި ނެތް. މި ނިޒާމެއް ވަކާލާތު ކުރަނީ ކީއްވެތޯ؟ ރައީސް ޔާމިން ދަންނަ އެއްޗެއް ނޫން ލާމަރުކަޒު ކުރުމަކީ." ނިޒާރު ވިދާޅުވި އެވެ.

 

ރައީސް ޔާމިންގެ ވިސްނުމުގައި އޮތީ ރައްޔިތުންވެސް ތިބެން ޖެހޭނީ ވަކި ފިކުރެއްގައި ކަމަށާއި އެގޮތުން ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ޤާނޫނުތައް ބަދަލުކޮށްގެން ކަންކަން ނިންމަންވެސް ރައީސް ޔާމިން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

 

އެގޮތުން ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ޤާނޫނުތަކަށް ބަދަލު ގެނެސް ކައުންސިލްތައް އުވާލާނެ ކަމަށް ބެލެވޭ ކަމަށާއި ރައީސް ޔާމިންއާއި އެކީ މިރާއްޖެ ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.   

 

"ރައީސް ޔާމިންއާއި އެކީ ބަނަ ދުވަސްތަކެއް. އަޅާ ބްރިޖަކުން ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ.ކާޑުގެ އަގު ބޮޑުވީމާ އެވާހަކަ ދައްކާނެ. ރައީސް ޔާމިންއާއި ނުލައި 2018 ހޯދުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއް" ނިޒާރު ވިދާޅުވި އެވެ.

- ކޮމެންޓް