Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 21:34
ދިޔަމިގިލިން މަރުހަބާ ކިޔުން
ދިޔަމިގިލިން މަރުހަބާ ކިޔުން
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
މަޑިފުށިން އެމްޑީޕީ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި
އެމްޑީޕީގެ ބޮޑު ޖަލްސާ މިރޭ އޮންނާނެ

ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތ.މަޑިފުއްޓަށް އެމްޑީޕީން ޒިޔާރަތް ކުރުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

 

އާދިއްތަ ދުވަހު ހަވީރު ކެމްޕެއިން ޓީމް މަޑިފުއްޓަށް ދިޔުމުން އެރަށުން މަރުހަބާ ކިޔާފައިވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި އެމްޑީޕީއަށް ތާއީދު ކުރާ މީހުންނެ އެވެ. 

 

މަޑިފުށީގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ބާއްވާއިރު މިޖަލްސާގައި ކެންޑިޑޭޓުން ތަޢާރަފްކޮށް އެރުވުން އޮންނާނެ އެވެ. އަދި މިޖަލްސާގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެމްޑީޕީން އެދިވަޑައިގަންނަވައެވެ. 

 

އެމްޑީޕީން މިއަދު ވަނީ ދިޔަމިގިލީ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އަދި ކައުންސިލަރުން ވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް އެމްޑީޕީން މި އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ. 

 

ތ.އަތޮޅަށް ކުރަމުންދާ މިދަތުރުގައި މާދަމާވެސް އަތޮޅުގެ އެހެނިހެން ރަށްރަށަށް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. 

 

ތ.އަތޮޅުގައި ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް ތަފާތު ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 މެއި 2017 | ހޯމަ 01:23
ޢަލީ
އައްޗީޑި ތިޔައްވުރެ މާގިނައިން ފުލުހުންނާ ސިފައިންނާ ސްކޫލް ުުކުދިންނާއި ސަރުކާރުގެ މުވައްޒަފުން އޮންނާނެ އަހަރެމެން ތިރަށް ރަށަށް އަރާ އިރު މާފަތި އަޅުވަން