ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 10:21
ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ޚާއްޞަ ހަފްލާގައި ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަލީމާއި ޗެއަރމަން އަކްރަމް ކަމާލުއްދީން އިމާދު ލަތީފަށް އެއްބަސްވުން ހަވާލު ކުރައްވަނީ
ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ޚާއްޞަ ހަފްލާގައި ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަލީމާއި ޗެއަރމަން އަކްރަމް ކަމާލުއްދީން އިމާދު ލަތީފަށް އެއްބަސްވުން ހަވާލު ކުރައްވަނީ
ރާއްޖެއެމްވީ
އިމާދު ރާއްޖެޓީވީއާ ގުޅުން
މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އިމާދު ލަތީފު ރާއްޖެޓީވީއާ ގުޅިވަޑައިގެންފި
އިމާދު އަކީ ރަންގަލަން ލިބިފައިވާ ރާއްޖޭގެ ތަޖްރިބާކާރު ނޫސްވެރިއެއް

މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އިމާދު ލަތީފު ރާއްޖެޓީވީއާ ގުޅިވަޑައިގެންފިއެވެ.

އިމާދު ރާއްޖެ ޓީވީގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.

އިމާދު ރާއްޖެޓީވީއާ 30 ޖެނުއަރީ 2021ން ފެށިގެން ގުޅިވަޑައިގެންނެވީ ނިއުސް ކޮންސަލްޓެންޓެއްގެ މަޤާމަށެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ ރާއްޖެޓީވީއާ ގުޅުމަށް އޮފަރ ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެޓީވީގެ ނިއުސްރޫމް އެކި ގޮތްގޮތުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރި ކަމުން ރާއްޖޭގައި ލިބޭ ހުރިހާ ޝަރަފެއް ހޯއްދަވާފައިވާ އިމާދުގެ ނޫސްވެރިކަން ފެއްޓެވީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން އިމާދަކީ ރާއްޖޭގައި ވަރަށް މަޤުބޫލު އަދި ވަރަށް މަޝްހޫރު ނޫސްވެރިއެކެވެ.

އިމާދު މަޝްހޫރު ވެފައި ވަނީ ދުނިޔޭގެ ނުވަތަ ބައިނަލްއަގުވާމީ މަޝްރަހުޙު ދިރާސާ ކުރައްވާ ނޫސްވެރިއެއްގެ ގޮތުގައެވެ. 17 އަހަރެއްހާ ދުވަހު ނޫސްވެރިކަމުގައި އުޅުމަށްފަހު ވީ މީޑިއާ އުފެދުމުން އެ މީޑިއާގެ ނިއުސްރޫމުގެ އެންމެ އިސް މަޤާމު ވެސް އިމާދު ވަނީ ފުރުއްވާފައެވެ.

- ކޮމެންޓް
30 ޖެނުއަރީ 2021 | ހޮނިހިރު 14:31
މޮލޮއް
އިމާދު އަށް މަރުހާބާ!
30 ޖެނުއަރީ 2021 | ހޮނިހިރު 12:31
ރެތި
ތި ވަރަށް ފޮނި މީހެއް