ބޭނުންވަނީ ވީހާވެސް އަވަހަށް މިހާރު ލިބިފައިވާ ކޮވިޝިލްޑް ވެކްސިން ޖަހަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ވީހާވެސް އަވަހަށް ވެކްސިން ޖަހަން އެދޭ ކަމަށާއި އެމަނިކުފާނު ފަރާތުން އެއްވެސް މީހަކަށް ބަލި ނުޖެހި، އެމަނިކުފާނުވެސް އަދި ހުރިހާ ރައްޔިތުންވެސް ކޮވިޑް-19ން ރައްކާތެރިވެ ތިބުމަށް އެދޭކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝިލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާއިރު ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ، އާންމު ހާލަތަށް ދިއުމަށް އަވަސްވާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19ގެ ވެކްސިންނަށް ދުނިޔޭގެ ސިއްހަތާބެހޭ ވުޒާރާއިން އަދި ރަސްމީ ހުއްދަ ދީފައިނުވާއިރު ރާއްޖޭގައި މި ވެކްސިން ޖަހަން އަދި ނުފަށައެވެ.