ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 05:15
ކަނޑު ގަދަ ދުވަހެއްގައި އުޅަނދުތަކެއް ދަތުރު ކުރަނީ
ކަނޑު ގަދަ ދުވަހެއްގައި އުޅަނދުތަކެއް ދަތުރު ކުރަނީ
ރާއްޖެއެމްވީ
ވައިޓް އެލަރޓް ނެރުން
ގއ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި
ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަަމަށް ލަފާކުރޭ
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ
ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ

މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ 28 ޖެނުއަރީގެ ދަންވަރު 12:00ން ހެނދުނު 06:00ށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށާއި ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނީ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވައި ޖެހޭ ގޮތަށް ބަލާއިރު އިރުއުތުރާއި އިރުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ދެކުނުގެ ސަރަހައްދަށް ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އަދި އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާޅުގެ އުސްމިން ލަފާކޮށް އެ އިދާރާއިން ބުނީ ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށެވެ.

މޫސުން ގޯސްވުމާއިއެކު ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް