ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 13:32
މ. ކޮޅުފުށި
މ. ކޮޅުފުށި
ކޯޕަރޭޓް މޯލްޑިވްސް
ކޮވިޑް-19
ކޮޅުފުށީގައި ބަލިފެތުރޭތާ ދުވަސްތަކެއްވެފައިވާ ކަމަށް ބެލެވޭ: ކައުންސިލް
ކޮޅުފުށިން އެންމެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ އާދިއްތަ ދުވަހު

މ. ކޮޅުފުށީގައި ކޮވިޑް-19 ފެތުރިފައި އޮންނަތާ ދުވަސްތަކެއްވެފައިވާ ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްއިން ބުނެފިއެވެ.

ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެރަށް މޮނިޓަރިން އަށް ލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ރާއްޖެޓީވީ އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ މި މަހުގެ 19 ވަނަ ދުވަހު މާލެ އައި މީހެއް ކަމަށެވެ. އަދި އޭނާ މާލެ އައިތާ ވެސް ދެތިން ދުވަސް ފަހުން އޭނާ ޕޮޒިޓިވްވުމުން އެރަށުގައި ބަލި ފެތުރފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމީހާއާ ގުޅުންހުރި އިތުރު ނުވަ ކޭސް އެރަށުން ފެނިފައިވާ ކަމަށެވެ. އަދި 700 އެއްހާ މީހުން ދިރިއުޅޭ ރަށުން މިހާރު ވެސް ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލް މިހެން ވިދާޅުވި އިރު ކޮޅުފުށިން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އެރަށުން މި މަހުގެ ފަސް ވަނަ ދުވަހުގެ ފަހުންް އެހެން ރަށަކަށް ދަތުރުކޮށްފައިވާ އެންމެން ވެސް ކަރަންޓީންވެ ކޮވިޑް-19 އަށް ޓެސްޓުކުރުމަށާއި އެޗް.ޕީ.އޭ.އަށް އެންގުމަށް ވެސް އެ އިދާރާއިން ވަނީ ގޮވާލާފައިވެއެވެ.

ޝާމިލް ވިދާޅުވީ ބަލި ފެތުރޭތާ ދުވަސްވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެރަށުން ބަލިވާ މީހުންގެ އަދަދުތަކަކަށް ވަކި މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެގޮތުން އެހެން އަހަރުތަކާ އަޅާބަލާއިރު ހުމާ ރޯނގާ ފަދަ ބަލިތައް ހުރީ ހަމަ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރަށުން ޕޮޒިޓިވްވި ނުވަ މީހުންގެ ހާލު ވެސް ރަނގަޅެވެ. އަދި ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައި ތިބި އިރު އެއިން އެއްވެސް މީހެއްގެ މާބޮޑު އަލާމާތްތަކެއް ފެނި ބަލި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

- ކޮމެންޓް
29 ޖެނުއަރީ 2021 | ހުކުރު 17:24
މުހަންމަދު
ބަލަގަ ހުމާއި ރޯގާ ޖެހިގެން ޑަކްޓަރަށް ދައްކަން ދިޔަ މީހުންގެ ތެރޭގައި މިބަލި ހުރިތޯ ބެލުމަށް ޓެސްޓް ހެދުމަށް ހެލްތު ދާއިރާގެ މެމްބަރުންގެ ވިސްނުމަށް ނައީ ކީއްވެ؟ ހިސާބަށް ވުރެން ޒިންމާދާރުކަން ކުޑަކަން ފާހަގަކުރެވޭ ތިރަށުގެ ވެރިންނާއި ހެލްތު ދާއިރާގެ މެމްބަރުންގެ...