ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަސްޕެންޑްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން "ރާއްޖެ އެމްވީ" އަށް ބުނީ އޭނާ ސަސްޕެންޑު ކުރީ އޭނާގެ މައްސަލައެއް މަޖިލީހުން ބަލަމުންދާތީ ކަމަށެވެ. ނަމަވެސް ބަލައި ނުނިމޭ މައްސަލައެއް ކަމުން މިވަގުތު އެއާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް ބުންޏެވެ.
މަޖިލީހުން ބުނިގޮތުގައި އޭނާ ސަސްޕެންޑްކުރީ އަންގާރަ ދުވަހު އެވެ. އަދި ސަސްޕެންޝަންއާ މެދު ގޮތެއް ނިންމާނީ މައްސަލަ ބަލާ ނިމުމުން ކަމަށް ވެސް މަޖިލީހުން ބުނެއެވެ.