ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 16:04
ދަރިވަރުންނާއި ބެލެނިވެރިން ބައްދަލުވުމެއްގައި
ދަރިވަރުންނާއި ބެލެނިވެރިން ބައްދަލުވުމެއްގައި
ފަނާރު ގުރުއާން ކުލާސް
ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތައް ހުޅުވުން
ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތައް ހުޅުވުމުގެ ހުއްދަ ދީފި
ހުއްދަ ދީފައިވަނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލާސްތަކަށް
މިތަންތަން ހިންގަންވާނީ އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް
ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އެޗްޕީއޭއިން އަންނަނީ ލުއި ދެމުން

ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތައް ހުޅުވުމުގެ ހުއްދަދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އޭޖެންސީން ދީފައިވާކަމަށެވެ.

އަދި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް އާދިއްތަ ދުވަހުން ފެށިގެން ހުޅުވައިގެން ޚިދުމަތްދިނުމަށް ހުއްދަ ދީފައިވާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން މިތަންތަން ހިންގަންވާނީ ކޮވިޑް-19ން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއި ދެމުން އަންނައިރު ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ.

މިއާއިއެކު އެޗްޕީއޭއިން ދަނީ އަޅާފައިވާއިވާ އެންމެހާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް އަމަލު ކުރަމުން ގެންދިއުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

- ކޮމެންޓް