ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 21:49
ޖެޓްސްކީ ކަފުޖަހައިގެން ލޯންޗް ރިސޯޓަށް އަނބުރާ ދަނީ
ޖެޓްސްކީ ކަފުޖަހައިގެން ލޯންޗް ރިސޯޓަށް އަނބުރާ ދަނީ
އެމްއެންޑީއެފް
ގެއްލިގެން ހޯދަމުންދިއަ ދެމީހުން ފެނުން
“ފަން ރައިޑަކަށް” ޖެޓްސްކީގައި ނުކުތް ދެ މީހުން އޮޔާދަނިކޮށް ފެނިއްޖެ
އެމްއެންޑީއެފްގެ ނޮދަރން އޭރިއާ ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވި
ދެމީހުން ފެނިފައިވަނީ މިރޭ 08:20 ހާއިރު
ދެމީހުން ފެނުމާއިއެކު ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފައިވޭ

ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހެއް ގެއްލިގެން ކޯސްޓްގާޑުން ހޯދަމުން ދަނިކޮށް ފެނިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ރިސޯޓުން ޖެޓްސްކީއެއްގައި މަޖާކޮށްލުމަށް ފުރި ދިވެހި އަންހެނަކާއި ފިރިހެނެއް ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 07:04ގައި ކަމަށާއި ރިޕޯޓު ކުރުމާއިއެކު އެމްއެންޑީއެފްގެ ނޮދަރން އޭރިއާ ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެމީހުންނަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ކަމަށާއި އެމީހުން ފުރީ ލައިފް ޖެކެޓުވެސް އަޅައިގެން ކަމަށެވެ. އަދި އެމީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުންވެސް އެވަގުތު ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ގެއްލިގެން ހޯދަމުން ދިޔަ ދެމީހުން ފެނިފައިވަނީ މިރޭ 08:20 އެހާކަންހާއިރު ކަމަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މި ދެމީހުން ފެނިފައިވަނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓް ކައިރިން ކަމަށާއި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އަދި އެ މީހުން ފެނުނުއިރު ޖެޓްސީގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އިންޖީނު ހުއްޓި ޖެޓްސްކީ އޮޔާދާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ދެމީހުން ފެނުމާއިއެކު ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

- ކޮމެންޓް